February 27, 2026
Advertisement
އެ ރަސްމިއްޔާތުގެ ތެރެއިން
އެ ރަސްމިއްޔާތުގެ ތެރެއިން / ދިރާގު

ދިރާގުން ސެމްސަންގް ގެލެކްސީ S25 ގެ މޮޑެލްތައް ލޯންޗުކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Feb 23, 2025, 06:53 PM

ދިރާގުން ސެމްސަންގް ގެލެކްސީ S25 ގެ މޮޑެލްތައް ރާއްޖެއަށް ލޯންޗުކޮށް ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފިއެވެ.

Advertisement

ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ސެމްސަންގްގެ ފޯނުތައް ޕްރީ އޯޑާ ކުރި ކަސްޓަމަރުންނާ ހަވާލުކުރީ ސެމްސަންގް ސްރީލަންކާ އަދި ރާއްޖޭގެ މެނޭޖިން ޑިރެކްޓަރ، ސެންގްވާ ސޯންގް އަދި ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މަރކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން އެވެ.

ދިރާގުން ބުނީ ފޯނުތަކަށް ޕްރީއޯޑާ ކުރި ކަސްޓަމަރުން ގަންނަ ކޮންމެ ފޯނަކާ އެކު 12 މަސް ދުވަހުގެ ނިޔަލަށް ކޮންމެ މަހަކު 5ޖީބީ ހިލޭ ބޯނަސް ޑޭޓާ ލިބޭނެ ކަމަށެވެ.

ކޮންމެ ފޯނަކާއެކު ހިލޭ ގެލެކްސީ ބަޑްސް، އެއް އަހަރުގެ ނިޔަލަށް ހިލޭ އެއް ފަހަރު ސްކްރީން މަރާމާތުކުރުމުގެ ފުރުސަތު އަދި، ގޫގްލް ވަން ޖެމިނައި އެޑްވާންސްޑް އަށް ހަ މަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ދިރާގުން ވަނީ ދީފަ އެވެ.

މި ވަގުތު ދިރާގުން ދަނީ ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5G ނެޓްވޯކް ފޯރުކޮށްދެމުންކަން ފާހަގަކުރައްވާ މިރުޝާން ވިދާޅުވީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ކަސްޓަމަރުން ބާރުވެރި ކުރުމަށް، ނެޓްވޯކް އިންފްރާސްޓްރަކްޗާ އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ގެލެކްސީ S25 ސީރީޒްއާ އެކު ސެމްސަންގުން ވަނީ އައު ފީޗާތަކެއް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި، އޭ-އައި އެކުލެވޭ 'ލައިވް ޓްރާންސްލޭޓް'، 'ނޯޓް އެސިސްޓް' އަދި 'ޖެނެރޭޓިވް އެޑިޓް' ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved