ރައީސް މުއިއްޒު ޖަޕާނުގެ އެމްބެސެޑަރާ ބައްދަލުކުރައްވަނީ / ރައީސް އޮފިސް
ހަބަރު
ޖަޕާންގެ ގައުމީ ދުވަސް ރައިސް މުއިއްޒަށް އެނގިވަޑައިނުގެންނެވި!
23 ފެބްރުއަރީ 2025
މާލެ ސިޓީ

ޖަޕާނުގައި ފާހަގަކުރާ އެ ގައުމުގެ ގައުމީ ދުވަސް ރައިސް މުހައްމަދު މުއިއްޒަށް އެނގިވަޑައި ނުގަންނަވާކަން ހާމަވެއްޖެއެވެ.

ރައީސް މުއިއްޒު ވަނީ މިއަދުގެ ވަގުތެއްގައި އެ ގައުމުގެ ރައީސަށާ ބޮޑު ވަޒީރަށް ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ޖަޕާނުގެ ގައުމީ ދުވަހުގެ ގޮތުގައި މިއަދު (ފެބްރުއަރީ 23) ފާހަގަކުރަމުން ގެންދާއިރު އެ ގައުމުގެ ރައިސްގެ ޒައާމަތުގައި ޖަޕާނުން ހޯދަމުން އަންނަ ކާމިޔާބީއާ ކުރިއެރުންތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ރައީސް މުއިއްޒުގެ މި ޕޯސްޓު ޝެއަރކޮށް ޒުވާން ނޫސްވެރިޔާ މުހައްމަދު ނާއިލް ވަނީ ރައީސް މުއިއްޒަށް ޖަޕާނުގެ ގައުމީ ދުވަސް އެނގިވަޑައިނުގެންނެވިކަން ސަމާލުކަމަށް ގެނެސްފައެވެ.

އެގޮތުން ޖަޕާނު މީހުން ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ ފެބްރުއަރީ މަހެއްގެ 11 ވަނަ ދުވަސް ކަމާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަކީ އެ ގައުމުގައި މިހާރު ހިނގަމުން އަންނަ ވެރިކަމުގެ އެމްޕަރާގެ އުފަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށްވެސް ނާއިލް ފާހަގަކޮށްފައިވެއެވެ. އަދި ޚާރިޖީ ގުޅުންތަކާ ގުޅޭ މިފަދަ ބޮޑެތި ކަންކަމުގައި ސަރުކާރުގެ ވެރިންގެ ފަރާތުން ބޮޑެތި ގޯސްތަކެއް ހެދުމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ ލަދުވެތިވާން ޖެހޭނެ ފަދަ ކަންކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ރައީސް މުއިއްޒު ކުރައްވާފައި ޕޯސްޓު ނާއިލުގެ ޕޯސްޓާއެކު

މިފަދަ ކަމެއް ހިނގާފައިވާއިރު، ޖަޕާނުގެ ގައމީ ދުވަހުގެ ގޮތުގައި 11 ފެބްރުއަީ އެ ގައުމުގައި ފާހަގަކުރަމުން ގެންދާތާ މިހާރު ވަނީ 58 އަހަރުވެފައެވެ. ނަމަވެސް ރާއްޖޭގެ ރައީސަށް މި ދުވަސް ވަނީ އޮޅިވަޑައިގެންފައެވެ. ނޫނީ އެނގިވަޑައިނުގެންފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved