May 4, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޕީޕީއެމް

މުއިއްޒު ފައިނަގާފައި އެހުރީ ސީދާ ގާނޫނީ ނިޒާމު އެއްފަރާތް ކުރަން.: ޑރ. ޖަމީލް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 24, 2025, 04:22 PM
މާލެ ސިޓީ

މުއިއްޒު ފައިނަގާފައި އެހުރީ ސީދާ ގާނޫނީ ނިޒާމު އެއްފަރާތް ކުރަން.ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ. ޖަމީލް މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ބަދަލުކުރަން ކޯޓުތަކުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފައި ވަނިކޮށް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

ޖަމީލު ވިދާޅުވީ ކިތަންމެ ވަރަކަށް ޖަސްޓިފައި ކުރަން އުޅުނަސް ސާފުކޮށް މި ފެންނަނީ ރައީސް މުއިއްޒުގެ ބާރުން ސުޕްރީމް ކޯޓު ފުނޑާލަން މަސައްކަތް ކުރާތަން ކަމަށާއި ތަހުޒީބީ މުޖުތަމައެއްގައި އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅިފައިވާ ވަގުތެއްގައި މިފަދަ ކަމެއް އަމުދުން ކުރަން ނުވެސް ވިސްނާނެ ކަމަށެވެ.

މި އެނގެނީ މުއިއްޒު ފައިނަގާފައި އެހުރީ ސީދާ ގާނޫނީ ނިޒާމު އެއްފަރާތް ކުރަން. މުއިއްޒާއި އޭނާގެ ސަރުކާރު ޑެސްޕަރޭޓްވި މިންވަރު. މުއިއްޒު ގޮތްހުސްވެ ކަނޑި އާއި ބަޑީގެ ބޭނުން ކުރާ ހިސާބަށް ހިނގައްޖެކަން

ޑރ. ޖަމީލު

ޖަމީލު ވަނީ ހަގީގީ ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށާއި ރައީސް މުއިއްޒަށްޓަކާ ގައުމެއް ގުރުބާނެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު މި ހުށަހެޅުއްވީ އެ ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ސަރުކާރުން އިސްވެ ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށް ބުނެ އަޑު ފެތުރެމުން ދަނިކޮށެވެ. އަދި މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved