March 19, 2026
Advertisement
މަޖިލީހުގެ ނައިބު ރައީސް ނާޒިމް
މަޖިލީހުގެ ނައިބު ރައީސް ނާޒިމް / -

ރައީސް ޔާމީން ސިޔާސީ މަސައްކަތްކުރައްވާތީ ނާޒިމް ހިތްދަތިވެއްޖެ

Feb 25, 2025, 09:20 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ސިޔާސީ މަސައްކަތް ކުރައްވާތީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހިތްދަތިވެ ޝުއޫރުތައް ބަންޑުން ޖައްސަވައިފިއެވެ.

Advertisement

އޭނާގެ ޝުއޫރުތައް ބަންޑުން ޖައްސާލެއްވީ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި، ސުޕްރީމު ކޯޓުގެ ފަނޑިޔާރުން މަދުކުރުމަށް ސަރުކާރުން ހުށަހަޅާފައި އޮތް ބިލަށް ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، ސުޕްރީމު ކޯޓަކީ ސިޔާސީ މަސައްކަތްކުރާ ތަނަކަށް ވެގެން ނުވާނެ ކަމަށާ ނިހާއީ ހުކުމް އިއްވާ އަދުލް އިންސާފު ގާއިމުކުރަން އޮތްތަނެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ނިމިދިޔަ ސަރުކާރުން އެމަނިކުފާނު ފްރޭމުކޮށް ގއ ވޮޑެމުލާ މައްސަލައިގައި ދަށު ކޯޓުން އިއްވި ނުހައްގު ހުކުމް ބާތިލުކޮށް ސުޕްރީމު ކޯޓުން އިއްވި ހުކުމަކީ ރަގަޅު ހުކުމެއް ނޫން ކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަ ދައްކަވާ ނާޒިމް ވަނި ސުޕްރީމު ކޯޓުގެ މަސައްކަތާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާވައެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ ސަބަބުން މުޖުރިމަކު މިނިވަންވެ ގޭގެ ފެންޑާގައި ސިޓްކޮމް ގޮތަށް ސިޔާސީ ޖަލްސާތައް ބާއްވަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.

ބެލެވޭ ގޮތުގައި ނާޒިމް އެ އިޝާރަތްކުރެއްވީ މިވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ޖެހިލުން ކުޑަ ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވާ ފްރޮންޓު އޮފީހުގައި ޖަލްސާތައް ބާއްވަވާ ސަރުކާރުގެ ދޯހަޅި ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ހާމަކޮށްދެއްވާތީ އެކަމަށެވެ.

ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާތީ ނާޒިމްގެ ހިތްދަތިވާކަން އޭނާގެ މި ވާހަކަތަކުން ހާމަވެގެން ދެއެވެ. ނާޒިމްއަކީ ރައީސް ޔާމީނާ ދެކޮޅަށް ދޮގު ހެކި ދިން މީހެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved