March 12, 2026
Advertisement
ހަނގުރާމަ ހުއްޓާލުމާއި އަޅުވެތިންނާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ތެރެއިން ހަމާސްއިން ދޫކޮށްލި ސަހްޔޫނީންގެ ހަތަރު އަންހެން ސިފައިން
ހަނގުރާމަ ހުއްޓާލުމާއި އަޅުވެތިންނާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ތެރެއިން ހަމާސްއިން ދޫކޮށްލި ސަހްޔޫނީންގެ ހަތަރު އަންހެން ސިފައިން / ރޮއިޓަރސް

މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތަކުގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމަށް އެއްބަސްވެއްޖެ

Hussain Nawaf
ހުސައިން ނަވާފް
Feb 26, 2025, 11:43 PM
މާލެ ސިޓީ

މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތަކުގެ ބަދަލުގައި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއް ދޫކޮށްލުމަށް ސަހްޔޫނީންނާއި ހަމާސް އިން އެއްބަސްވެއްޖެ އެވެ.

Advertisement

މިހާރު ކުރިއަށްދާ ހަ ހަފްތާގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުން ހޮނިހިރު ދުވަހު ހަމަވެއެވެ.

އެ މައްސަލަ ހައްލުކުރުމަށް އެއްބަސްވުމަކަށް އައިސްފައި ވަނީ އެ ޖަމާއަތުގެ އެންމެ އިސް ސިޔާސީ އޮފިޝަލް ކަމަށްވާ ޚަލީލް އަލް ހައްޔާ އިސްކޮށް ހުންނަވައިގެން ޤާހިރާއަށް ކުރެއްވި ދަތުރުފުޅެއްގައި ކަމަށް ހަމާސްއިން ބުނެ އެވެ.

މަރުވެފައިވާ އިތުރު ހަތަރު ރަހީނުންނާއި ހަނގުރާމަ ހުއްޓާލުމުގެ ދަށުން ދޫކޮށްލުމަށް ހަމަޖެހިފައިވާ ސަހްޔޫނީންގެ ހައްޔަރުގައި ތިބި އިތުރު އެތައް ސަތޭކަ ގައިދީނެއް އަނބުރާ ގެނައުމަށް ހަމަ ޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ.

ހަމާސް އިން މަރުވެފައިވާ ހަތަރު ރަހީނެއްގެ ހަށިގަނޑުގެ އިތުރުން އިތުރު ރަހީނުން ދޫކޮށްލާފައިވަނީ އާންމު ބޮޑެތި ރަސްމިއްޔާތު ތަކެއްގައިކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved