July 9, 2026
Advertisement
ގާޒާ
ގާޒާ / އޭއެފްޕީ

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 42 މީހަކު ދޫކޮށްލައިފި

Hussain Nawaf
ހުސައިން ނަވާފް
Feb 27, 2025, 07:10 PM

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 42 މީހަކު ދޫކޮށްލައިފިއެވެ.

Advertisement

ވާފާގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ސަރަހައްދުތަކުގެ އިދާރީ ވެރިރަށް ރަމަاللهއަށް 37 މީހަކު އައިސްފައިވެއެވެ. އިތުރު ފަސް މީހަކު ވަނީ އަލްޤުދުސް އަށް ދޫކޮށްލައިފައި ކަން ފާހަގަކޮށްލެވެއެވެ.

އަރަބި ޓީވީ ޗެނަލްތަކުން ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް އަށް ނިސްބަތްވާކަމަށް ބެލެވޭ ފަލަސްތީނުގެ ރައްޔިތުން ގެންދިޔަ ބަހެއް ރަމަالله އަށް އައި ގޮތުގެ ފޫޓޭޖެއް ދައްކާފައިވެސްވެއެވެ.

މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ބަދަލު ކުރާ ހަތްވަނަ ފަހަރެވެ. ހަތް ވަނަ ގްރޫޕްގައި ހިމެނެނީ އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ 151 މީހުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 641 މީހުންގެ އިތުރުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ހައްޔަރުކުރި 45 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޣައްޒާގެ 445 މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved