May 5, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޔާމީން ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުންނަށް އަރިސްކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Feb 28, 2025, 11:01 PM

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޔާމީން ދިވެހި އެންމެހާ ލޮބިވެތި ރައްޔިތުންނަށް އަރިސްކޮށްފިއެވެ.

Advertisement

ރައީސް ޔާމީން ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވައިފައިވަނީ މިރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ހުރި ދަތިތަށް ފިލާ ރައްޔިތުންނަށް ފަސޭހަ ދުވަސްތކެއް ދެއްކެވުމަކީ އެމަނިކުފާނުގެ ދުއާ ކަމަށެވެ. އަދި ރަމަޟާން މަހުގެ ދަރުމައާ ސަވާބު ލިބިގަތުމަށް ހުރިހާ އެންމެންވެސް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ހުރިހާ ބޭފުޅުންނަށް ރަމަޟާން ކަރީމް. ރަމަޟާން މަހުގެ ހެޔޮ ދަރުމަ އާއި ސަވާބު ހުރިހާ ދިވެހި ރައްޔިތުންނަށް މިންވަރު ކުރެއްވުމަށް އެދި އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ ފަރާތުން ދަންނަވަން.

ރައީސް ޔާމީން

ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ރަމަޟާން މަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވައިފާވާއިރު މިއަހަރުގެ ރަމަޝާން މަހުގެ ފުރަތަމަ ދުވަހަކީ 1 މާރިޗު 2025 ވާ ހޮނިހިރު ދުވަސް ކަމަށް ކަލަންޑަރުގައި ކަނޑައަޅާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved