މެލޭޝިޔާއިން ގެއްލިގެން ހޯދަމުން އަންނަ އުސެއިދު. / ސޯޝަލް މީޑިއާ
ހަބަރު
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 މާރިޗު 2025
މާލެ ސިޓީ

މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެއްސަކު ގެއްލުނު ކަމުގެ ރިޕޯޓު ލިބުމުން ހައި ކޮމިޝަނުން، އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.

ގެއްލިގެން ހޯދަމުންދާ މީހާގެ އާއިލާއިން ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ގޮތުން އޭނާ އެންމެ ފަހުން ހަބަރެއްވީ އިއްޔެ މެލޭޝިއާ ގަޑިން ހަވީރު ތިނެއް ޖަހާއިރެވެ.

ގެއްލިގެން ހޯދަނީ އަހުމަދު އުސައިދު އިބްރާހީމް އަފީފް ނަމަކަށް ކިޔާ މީހެކެވެ. 

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved