ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ގާޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި / ހާރިޖީ ވުޒާރާ
ހަބަރު
ސަހްޔޫނީ ޕާސްޕޯޓު މަނާ ނުކޮށް ގާޒާގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 އޭޕްރީލު 2025
މާލެ ސިޓީ

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމަށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ސަހްޔޫނީން ފަލަސްތީނުގެ ގާޒާގެ ދާރުލް އަރްގަމް ސްކޫލަށް ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހަމަލާގައި ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން މަރުވެ އެތަކެއް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

އަދި ސައޫދީ ސެންޓަރ ފޯ ކަލްޗާ އެންޑް ހެރިޓޭޖުން ގާޒާގައި ހިންގާ ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ސަހްޔޫނީން ދިން ހަމަލާވެސް ދިވެހި ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ. މިދަފަ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމާބެހޭ ގާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައިވެ އެވެ.

ސަހްޔޫނީން ހިންގާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، މި އަމަލުތަކަށް ސަހްޔޫނީން ޖަވާބުދާރީކުރުވައި، ގާޒާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފަ އެވެ.

ރާއްޖެއިން ބައިނަލް އަގްވާމީ ދުނިޔޭގައި އަޑު ހަރުކޮށް ފަލަސްތީނުގެ މައްސަލައިގައި ވަކާލާތު ކުރަމުން ގެންދާއިރު އެ ކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވެއެވެ. އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދޮގު ހަދައި އެކަން ނުކޮށް ގިނަ ބަހަނާތަކެއް ދެއްކުމަށްފަހު ލަސް ކުރާކަން ފާހަގަކޮށްލެވެ އެވެ.

ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ސަހްޔޫނީ ޕާސްޕޯޓް މަނާކުރުން އަވަސްނުކޮށް ލަސް ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުންދަނީ ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެ އެވެ. އަދި ސަރުކާރުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރާނެ ކަމަށް ބުނެ ޖެއްސީ ސްޓަންްޓެއް ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެ އެވެ.

އެގޮތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ސަހްޔޫނީންގެ 2000 އާއި ގާތް ކުރާ މީހުން ރާއްޖެ އެތެރެވިކަން މީގެ ކުރިން ހާމަވެފައިވެ އެވެ.

ގާޒާގައި ސަހްޔޫނީން ހިންގާ އަނިޔާވެރިކަމުގައި ހަމައެއް ލަމައެއް ނުގެންގުޅެ އެވެ. މިހާތަނަށް 52،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ސުލްހައިގެ އެއްބަސްވުން އުވާލައި އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް ދުވާލަކު އެތައް ބަޔަކު ވަނީ ޝަހީދުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved