
ރައްޔިތުން ކައިރީ ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔަވަން ބުނެފައި ސަރުކާރުން ދަނީ ދެ ނޭވާ ދޭތެރޭ ވައްކަންކުރަމުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެމްބަސީތަކަށް މަހަކު 32 މިލިއަން ދައުލތުން ޚަރަދުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ ޚަބަރެއް ހިއްސާ ކުރައްވާ މަލީހު ވަނީ އެކްސްގައި ޕޯސްޓުކުރައްވާފައެވެ.
މަލީހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެފަދައިން އެ ކުރާ ޚަރަދުތަކަކީ ސީދާ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުން ކަމަށާ އެކަންކަން ހުއްޓަން ޖެހޭ ކަމަށެވެ.
މަލީހު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު މިއަދު ކަންކަން ކުރައްވަމުން ގެންދާވާ ގޮތުން މާދަމާ ރައީސް މުއިއްޒު ހިތާމަކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ ހިތާމައިގައި އަނބިކަނބަލުންވެސް ބައިވެރިވާން ޖެހޭނެ ކަމަށް ވިދާޅުވެ މަލީހު ވިދާޅުވެފައިވަނީ، ބާރަކީ ތާއަބަދު މުށު ތެރޭޣައި ދެމި އޮންނާނެ އެއްޗެއް ނޫން ކަމަށެވެ.
މީގެ އިތުރުން ފެންނަމުން ދަނީ ރައްޔިތުންނަށް ދީނީ ނސޭހަތްދީ ދެ ނަމާދު ދޭތެރޭ ޤުރުއާން ކިޔަވަން ރައީސް މިހާ އިރުޝާދުދިނުމަށް ފަހު ދައުލަތުން ދެ ނެވާ ދޭތެރޭ ވައްކަންކޮށް ބޭއިންސާފުވެރިވަމުންދާ މަންޒަރު ކަމަށް މަލީހު ވިދާޅުވެފައިވެއެވެ.
މަލީހުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ރައީސް މުއިއްޒުގެ ކިބައިން މުނާފިގުންގެ ސިފަ ފެންނަ ކަމަށް ގިނަ ރައްޔިތުން ބުނަނީ މިފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.
މިއީ ސިޔާސީ މަގާމުތައް އެންމެ މަދު އަދި ޚަރަދު ކުޑަވާނެ ކަމަށް ބުނެ އައި ސަރުކާރެއް ނަމަވެސް، މި ސަރުކާރުގެ ޚަރަދާ ސިޔާސީ މަގާމުތައް ވެސް ވަނީ އަތު ފަތު ނުޖެހޭ މިންވަރަށް އަރައިގެން ގޮސްފައިކަން ހިސާބު ކިތާބުތަކުން ދައްކައެވެ.










