theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޑރ. މުހައްމަދު މުއިއްޒު / ރައީސް އޮފިސް
ހަބަރު
އެމެރިކާއިން އިރާނަށް ދިން ހަމަލާގައި ދިވެހި ސަރުކާރު އޮތީ ހަނު
Mariyam Ibrahim
މަރިޔަމް އިބްރާހިމް
23 ޖޫން 2025
މާލެ ސިޓީ

އެމެރެކާގެ އަސްކަރިއްޔާއިން އިރާނަށް ޓެރަރިސްޓް ހަމަލާއެއް ދިންތާ 24 ގަޑި އިރު ވީއިރުވެސް ދިވެ ސަރުކާރު އަދިވެސް އޮތީ ހަނު ހިމޭނުންނެވެ.

ސަހްޔޫނީއިން އިސްވެ އިރާނަށް މި މަހުގެ 13 ގައި ހަމަލާތަކެއް ދިނުމާއި ގުޅިގެން ފެށިފައިވާ މި ހަނގުރާމައަށް ވަދެގަނެ އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް އެމެރިކާއިން ހަމަލާދިނީ އިއްޔެ ފަތިހު އެވެ. ނަމަވެސް މި ހަމަލާއާއި ގުޅިގެން ފޮރިން މިނިސްޓްރީ އަދި ރައީސް މުއިއްޒު ވެސް އެމެރިކާގެ ހަމަލާތަކާ ދެކޮޅަށް އެއްޗެއް ބުނެފައި ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ، ދީނީ ޝިއާރު ބޭނުންކޮށްގެން ވެރިކަމަށް އައި ސަރުކާރެކަށް ވީއިރު އިސްލާމީ އުންމަތަށް ދިމާވެފައި މިވާ އެންމެ ހިއްދަތި މި ދަނޑިވަޅުގައި މިސަރުކާރު ހިމޭނުން އޮތުމަކީ ސުވާލު އުފެދެން ޖެހޭ ކަމެކެވެ. ވީއިރު ދީންވެރިކަމާ ގުޅުވައިގެން އެމަނިކުފާނު ދައްކަމުން މިދަނީ ދަޅަ ތަކެއްކަމާމެދު މިއަދު ސުވާލު އުފެދެއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން އެމެރިކާއާއެކު ރާއްޖެއިން އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. އެކަމާ ގުޅިގެން އާންމުންގެ ފާޑުކިޔުން ވެސް އެކި ފަހަރުމަތިން ސަރުކާރަށް އަމާޒުވެފައިވެ އެވެ.

އެމެރިކާއާއި އިރާނުގެ މި ހނަގުރާމަޔާއި ގުޅިގެން އަރަބި އިސްލާމީ ގައުމުތަކުންވެސް ވަނީ މިކަމުގައި ބަޔާންތައް ނެރެ ހަމަލާތައް ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved