March 22, 2026
Advertisement
ޣައްޒާ ކަރަންޓް ޑިސްޓްރިބިއުޝަން ކޮމްޕެނީގެ މަސައްކަތްތެރިން ޑެއިރް އަލްބާލާގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓަށް ކަނޑުފެން ފޯރުކޮށްދޭ ކަރަންޓް ލައިންތައް މަރާމާތު ކުރަނީ
ޣައްޒާ ކަރަންޓް ޑިސްޓްރިބިއުޝަން ކޮމްޕެނީގެ މަސައްކަތްތެރިން ޑެއިރް އަލްބާލާގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓަށް ކަނޑުފެން ފޯރުކޮށްދޭ ކަރަންޓް ލައިންތައް މަރާމާތު ކުރަނީ / އަނަޑޮލު އަޖަންސި

ސަހްޔޫނީން ޣައްޒާގެ 2 ޑީސެލިނޭޝަން ޕްލާންޓަކަށް ކަރަންޓް ކަނޑާލައިފި

Hussain Nawaf
ހުސައިން ނަވާފް
Mar 4, 2025, 08:45 PM
ޣައްޒާ

ސަހްޔޫނީން ޣައްޒާގެ މެދުތެރޭގެ ޑެއިރް އަލްބާލާ ސަރަހައްދުގައި ހުރި ދެ ޑީސެލިނޭޝަން ޕްލާންޓަކަށް ކަރަންޓް ކަނޑާލުމުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ފެނުން މަހުރޫމްވެފައިވާކަން ހާމަވެއްޖެއެވެ.

Advertisement

ޑެއިރް އަލްބާލާ މުނިސިޕަލްޓީން ނެރުނު ބަޔާނެއްގައި އިއުލާންކޮށްފައިވާ ގޮތުގައި ދެކުނުގެ ޑީސެލިނޭޝަން ޕްލާންޓާއި ބަސްރާ ޑީސެލިނޭޝަން ޕްލާންޓުގެ މަސައްކަތް ހުއްޓާލީ ސަހްޔޫނީންގެ ހިފާ ސިފައިން ކަރަންޓް ކަނޑާލުމުންނެވެ.

އިތުރަށް ބުނީ އެ ޕްލާންޓްތަކުން ދުވާލަކު ގާތްގަނޑަކަށް 20،000 ކިއުބިކް މީޓަރުގެ ޑީސެލިނޭޓެޑް ފެން އުފައްދާ ކަމަށާއި އެ ފެނުން އެ ސަރަހައްދުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުންނަށް ފެން ފޯރުކޮށްދޭ ކަމަށެވެ.

މިހާރު ލިބެން ހުރި ފެނުގެ 80 ޕަސެންޓް ހިމެނޭ ފެނުގެ ޚިދުމަތް ސަހްޔޫނީންގެ ފެން ކުންފުނިން ކަނޑާލައިފިނަމަ އިންސާނީ ކާރިސާއެއް ކުރިމަތިވާނެ ކަމުގެ ބިރުވެސް ބޮޑުކަމަށް މަސްދަރުތަކުންދަނީ ރިޕޯޓު ކުރަމުންނެވެ.

ހަމާސްއާ އެކު ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމުނުތާ ގަޑިއެއްހާއިރު ފަހުން ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް އިންސާނީ އެހީތައް ވަނުން ހުރަސް އަޅަން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved