March 19, 2026
Advertisement
މުއިއްޒު
މުއިއްޒު / ރައްޔިތުންގެ މަޖިލިސް

އަވަސް އަރުވާލުމަށްފަހު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ފާސްކުރި ފަހުން ހާފްތާއެއްހާ ދުވަސް ވީ އިރު ވެސް ތަސްދީގު ނުކުރޭ

Hussain Nawaf
ހުސައިން ނަވާފް
Mar 4, 2025, 08:45 PM

ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަހުން ހާފްތާއެއްހާ ދުވަސް ވީ އިރު ވެސް ތަސްދީގު ނުކުރެއެވެ.

Advertisement

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހެވެ.

ޖުމްލަ 79 މެންބަރުން މަޖިލީހަށް ހާޒިރުވިއެވެ. މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ ތެރެއިން 68 މެންބަރުން ފާސްކުރަން ވޯޓު ދީގެންނެވެ. ބިލާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދިނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންކަމަށް ވާ އިރު މިއީ އެ މައްސަލައިގެ އަޑު އެހުންތައް ހުއްޓުވާލާއި ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ނިޔަތުގައިކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އެކަމާއި ގުޅިގެން ފަނޑިޔާރު ހުސްނުސުއޫދުވަނީ ރައީސް ޑރ މުހައްމަދު ގެންދަވަނީ ގާނޫން އަސާސީ އާއި ހިލާފުވާކަމަށް ވިދާޅުވެ އިސްތިއުފާދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.

މި ބިލަށް ވޯޓަށް އަހަމުން ގެންދެވިއިރު ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނިކުމެވަޑައިގެންފައިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި އެކަމާއި ގުޅިގެން އޭނާ ޕީއެންސީ ވަޓްސްއެޕް ގްރޫޕްތަކުންނާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީންވަނީ ވަކި ކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved