May 3, 2026
Advertisement
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު / ތޭރަ އޮންލައިން

މި ސަރުކާރުން ވައުދުތައް ނުފުއްދެވުމާ ގުޅިގެން ކުރީގެ ސިޕީ ހުސެއިން ކަންބޮޑުވުން ފާޅުކޮށްފި

Fathmath Reem
ފާތުމަތު ރީމް
Feb 13, 2024, 06:07 AM
މާލެ ސިޓީ

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް ޑރ މުއިއްޒު ރައްޔިތުން ގާތު ވި ވައުދުތައް ނުފުއްދެވުމާ ގުޅިގެން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން ވަހީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

Advertisement

ހުސެއިން މިފަދައިން ވިދާޅުވެފައި ވަނީ ޗެނަލް 13 އިން ހޯމަ ދުވަހުގެ ރޭ ގެނަސްދިން ޕީއެންއެފް އަދާހަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ހުސެއިން ވިދާޅުވީ މި ސަރުކާރުން އައީ އެތައް ކަމަކަށް ވައުދުވެފައި ކަމަށާއި އެހެންނަމަވެސް އަދި އެކަންކަން ފުރިހަމަ ނުވާ ކަމަށެވެ.

އެގޮތުން ޑރ މުއިއްޒު ވެރިކަމަށް އައީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށާއި، ބޭރުގެ އަސްކަރިއްޔާ ބޭރުކުރުމުގެ އިތުރުން ސިއްރު އެގްރީމެންޓުތައް ދެއްކުމަށާއި ރާއްޖެ ސަރަހައްދުން ގެއްލިފަ އޮތް ކަނޑު ހޯދައިދިނުން ފަދަ އެތައް ކަމަކަށް ވައުދެވެފައި ކަމަށް ހުސެއިން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިނިވަން ކުރަންށޭ ކިޔާފަ އައީ،ބޭރުގެ އަސްކަރިއްޔާ ބޭރު ކުރާނަމޭ ކިޔާފަ އައީ، ސިއްރު އެގްރީމެންޓުތައް ދައްކާނަމޭ ކިޔާފަ އައީ، ރާއްޖެ ސަރަހައްދުން ގެއްލިފަ އޮތް ކަނޑުގެ މައްސަލައިގަ ހޯދަދޭނަމޭ ކިޔާފަ އައީ، މިއިން އެއްވެސް ކަމެއް ނުވެ.

ހުސެއިން ވަހީދު

ހުސެއިން ވިދާޅުވީ މި ވައުދުތައް ފުއްދުމަށް މި ސަރުކާރުން އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރާކަމަށެވެ.

ސަރުކާރުން ހަމައެކަނި ކުރާ ކަމަކީ ވަޒީފާ ތައް މީހުންނަށް ބަރިބަރި އަށް ދިނުން ކަމަށް ވެސް ހުސެއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved