ގަވައިދާ ހިލާފަށް ބަނގުރާ ވިއްކި ބިދޭސީ މީހާ: އޭނާ ހައްޔަރުކޮށް، ޑީޕޯޓްކޮށްލަނީ -- / ޕޮލިސް
ހަބަރު
ބަނގުރާ ވިއްކި ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
09 މާރިޗު 2025
މާލެ ސިޓީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ ބަންގްލަދޭޝްގެ ޝޮފިގުލް އިސްލާމް ކިޔާ އެ މީހާ ހައްޔަރުކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގު އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އުމުރުން 44 އަހަރުގެ އެ މީހާ މަގުމަތިން ހިފަހައްޓައި ބަލައިފާސްކުރުމުގެ އިތުރުން އޭނާ ދިރިއުޅޭ ގެ ވެސް ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ބަލައި ފާސްކުރުމުގެ ތެރެއިން 18 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މިހާރު އެމީހާ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved