

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އައްޑޫ އިން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލަ ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެވެ.
އޭނަ ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލީ ވެރިކަން ކުރާ ޕީއެންސީގެ 47 މެންބަރުންގެ ވޯޓާ އެކީގަ އެވެ. ކުއްލި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 13 މެންބަރެކެވެ. އޭގެތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑެމުން ދިޔުމުގެ ސަބަބުން ރަައްޔިތުންގެ އަގުބޮޑު މުދަލަށް ގެއްލުންވަމުންދާ ކަމަށާއި މިކަމާ ހެދި ރައްޔިތުން ތިބީ ހާސްކަމާއި ދަތިކަމުގެ ތެރޭގައި ކަމަށެވެ. އަދި އެ ކަންކަން އެހެން ހުއްޓައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކެޕޭސިޓީއަ ށްވުރެ މާ ދަށް ކެޕޭސިޓީގެ ޖަނެރޭޓާރެއް ގެންގޮސްގެން، އެ މައްސަލަ ހައްލު ކުރަން އުޅޭ ކަމަށް ދައްކައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އެންވަރަމެންޓް މިނިސްޓަރު، ތޯރިގު އިބްރާހިމް ވިދާޅުވި ތާރީހު ފަހަނައަޅައި ދިޔައިރު ވެސް އެއްވެސް ވަރަކަށް ކަރަންޓުގެ މައްސަލަ ހައްލުވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ސަރުކާރަށް ގޮވާލާފައި ވަނީ އައްޑޫ ސިޓީގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް އަޅާންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށެވެ.
އެ މައްސަލަ ބޭރުކޮށްލީ ވެރިކަން ކުރާ ޕީއެންސީގެ 47 މެންބަރުންގެ ވޯޓާއެކު އެވެ. އެ ކުއްލި މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ 13 މެންބަރުންނެވެ. އޭގެތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވެސް ހިމެނިވަޑައިގަންނަވަ އެވެ.