February 22, 2026
Advertisement
އެމްއެމްއޭ
އެމްއެމްއޭ / ސޯޝަލް މީޑިއާ

14 ބިލިއަނަށް ވުރެ ގިނަ ފައިސާ ޗާޕުކުރަން ނިންމި ނިންމުން ރިވިއުކުރަން އެމްއެމްއޭ ދެކޮޅު!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 11, 2025, 06:47 PM
މާލެ ސިޓީ

ފައިސާ ޗާޕުކުރަން ނިންމި ނިންމުން ރިވިއުކުރަން މލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިންކާރުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފުވެ، މަރުކަޒީ ބޭންކު (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ) އެމްއެމްއޭ މެދުވެރިކޮށް ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ފައިސާ ޗާޕުކުރަން ނިންމި ނިންމުން ރިވިއު ކުރަން ހުށަހަޅާފައިވަނީ އެމްއެމްއޭ ބޯޑުގެ ތިން ޑިރެކްޓަރެއްގެ ތާއީދާއެކުއެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން ބޯޑަށް ކަނޑަައަޅާފައި ހުންނަ ޑިރެކްޓަރު އަހުމަދު ޒަޔާން މުހައްމަދު، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު ޝުހާދު އިބްރާހިމް އަދި، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ހުށަހެޅުއްވި ހުށަހެޅުމާ މެދު ބޯޑުން ގޮތެއް ނިންމާފައި ނުވި ނަމަވެސް ރިވިއުކުރަން ގަވަރުނަރު އަހުމަދު މުނައްވަރު ގެންދަވަނީ ދެކޮޅު ހައްދަވަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ހުށަހެޅުމެއް ރިވިއުކުރަން ގަވަރުނަރު ދެކޮޅު ހައްދަވަމުން ގެންދަވާއިރު، އެމްއެމްއޭގެ ބޯޑުން ވަނީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރުމަށް ނިންމާ އެ ފައިސާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށް ނިންމާފައި ކަމަށްވެސް މައުލޫމާޓު ލިބިފައިވެއެވެ.

އެމްއެމްއޭއިން މިހާރު ވަނީ އެ ބިން ގަތުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ރަސްމީ ސިޓީއެއް ވެސް ފޮނުވާފައެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައި އަދި ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved