February 22, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެމްއެމްއޭގެ އެޑްވައިޒަރުން ކުއްލި ގޮތަކަށް ވަކިކުރުން: އިގްތިސާދަށް ކުރާނީ ކޮން އަސަރެއް؟

Yana Shareef
ޔާނާ ޝަރީފް
Feb 18, 2026, 12:53 AM

ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮއްވައި، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ އެޑްވައިޒަރުންގެ ރޯލު އުވާލައި، އެ މަގާމުތަކުގައި ތިއްބެވި ތިން ބޭފުޅަކު ވަޒީފާއިން ވަކިކޮށްފިއެވެ.

Advertisement

ގަވަރުނަރު އަހުމަދު މުނައްވަރުގެ އެޑްވައިޒަރުންގެ މަގާމުން ވަކިކުރައްވާފައިވަނީ މަރިޔަމް ހުސެއިން ދީދީ އާއި، އިދްހާމް ހުސެއިންގެ އިތުރުން މަރިޔަމް ޝިފާއެވެ.

މި ތިން ބޭފުޅުންނަކީ ވެސް އެމްއެމްއޭގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ބޭންކުގެ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

މި ބޭފުޅުން މީގެކުރިން ތިއްބެވީ އެސިސްޓަންޓް ގަވަރުނަރުންގެ މަގާމުގައެވެ. ނަމަވެސް، އެސިސްޓަންޓް ގަވަރުނަރުންގެ ރޯލު އުވާލުމަށްފަހު، އެ ބޭފުޅުން ގަވަރުނަރުގެ އެޑްވައިޒަރުންގެ މަގާމަށް ބަދަލުކުރެވުނެވެ.

މި ބަދަލާ ގުޅޭގޮތުން އެމްއެމްއޭގެ މީޑިއާ ޑިޕާޓްމަންޓުން ރަސްމީކޮށް ބަހެއް ބުނެފައި ނުވާތީ، އެ ބޭފުޅުން ވަޒީފާއިން ވަކިކުރި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

މީޑިއާތަކުން މިކަމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް އެމްއެމްއޭގެ އޮފިޝަލުން މިހާތަނަށް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved