April 3, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެފްއައިޔޫގެ ކުރީގެ ވެރިޔާ ސާޖިދު ވަޒީފާގެ މައްސަލަ ޓްރައިބިއުނަލަށް!

Yana Shareef
ޔާނާ ޝަރީފް
Feb 13, 2026, 04:48 AM

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ މަގާމުން ވަކިކުރި އިސްމާއިލް ސާޖިދު، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިއެވެ.

Advertisement

މިދިޔަ މަހުގެ 29 ގައި މަގާމުން ވަކިކުރި ސާޖިދު ބުނަނީ އޭނާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. މި މައްސަލަ އޭނާ ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އެމްއެމްއޭގެ އެތެރޭގެ ކޮމިޓީއެއްގެ ލަފާގެ މަތިން ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ޖަނަވަރީ 29 ގައި ސާޖިދު މަގާމުން ވަކިކުރައްވާފައެވެ.

ނަމަވެސް ސާޖިދު މި ތުހުމަތުތައް ދޮގުކުރެއެވެ. ސޯޝަލް މީޑިއާގައި އޭނާ ހާމަކުރި ގޮތުގައި އެމްއެމްއޭއިން އަމަލުކުރީ އުސޫލުތަކުން ބޭރުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސާޖިދު މި މަގާމަށް އައީވެސް ސިޔާސީ ގޮތުން ބޮޑު ރިޕޯޓެއް ލީކުވި ދަނޑިވަޅެއްގައި ގެނައި ބަދަލެއްގެ ތެރެއިންނެވެ. މިހާރު މި މައްސަލަ އޮތީ ޓްރައިބިއުނަލްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved