May 1, 2026
Advertisement
ރައީސް އޮފީސް
ރައީސް އޮފީސް / ރައީސް އޮފިސް

އެޕްރިލް 3، ވެސް ސަރުކާރު ބަންދު ކަމަށް ހަމަޖައްސައިފި، ދިގު ޗުއްޓީއެއް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 15, 2025, 05:56 AM
މާލެ ސިޓީ

އަންނަ އެޕްރިލް 3، ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައަޅައި، ފިތުރު އީދު ބަންދު ސަރުކާރުން ދިގުކޮށްފި އެވެ.

Advertisement

އެ ގޮތަށް ހަމަޖެހުނީ ފިތުރު އީދު ދުވަހަކީ މި މަހުގެ 31 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ޖެހިގެން އަންނަ އޭޕްރީލް މަހުގެ 1، 2 އަދި 3 ވަނަ ދުވަހު ވެސް ސަރުކާރު ބަންދު ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑަައެޅުއްވުމުންނެވެ.

މާޗު 29، ގައި ޝައްވާލު މަހުގެ ހަނދު ސާބިތުވެ، މާޗު 30، އަކީ އީދު ދުވަސް ކަމަށް ކަނޑައެޅި ނަމަވެސް، އެޕްރިލް 3، ގައި ސަރުކާރު ބަންދުވާނެ ކަމަށް ވެސް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،

ރައީސް އޮފީހުން ބުންޏެވެ.

ފިތުރު އީދާ ގުޅިގެން ބޮޑު ބަންދެއް ލިބޭއިރު، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވެސް ސަރުކާރު ބަންދުވާނެ އެވެ. އެއީ ކޮންމެ ރޯދަމަހެއްގެ ފަހު 10 ބަންދުކުރަން ރައީސް މުއިއްޒު ނިންމަވާފައިވާތީ އެވެ. ރޯދަމަހުގެ ފަހު 10 އާއި ކުޑައީދު ބަންދު ދުވަސްތަކާ އެކު 15 ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.

ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ސަރުކާރުގެ މި ނިންމުމާ އެކު ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވުމަށްފަހު، ފިތުރު އީދު ބަންދު ވެސް ނިންމުމަށްފަހު ސަރުކާރު ދެން ހުޅުވާނީ އެޕްރިލް 6، ވާ އާދީއްތަ ދުވަހު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved