April 3, 2026
Advertisement
ކުރިން ފުލުހުން އަތުލި މަސްތުވާ ތަކެތި - ފައިލް ފޮޓޯ
ކުރިން ފުލުހުން އަތުލި މަސްތުވާ ތަކެތި - ފައިލް ފޮޓޯ / ޕޮލިސް

ރާއްޖެ އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 16, 2025, 08:20 PM
މާލެ ސިޓީ

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

Advertisement

ކަސްޓަމްސް އިން މިއަދު ބުނި ގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ، ރޭ ދަންވަރު ތައިލެންޑުން ވައިގެ މަގުން ރާއްޖެ އައި އާންމު މުދާތަކެއް ހުރި ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި ފޮރުވާފައި ހުރީ 20 ޕެކެޓެއްގެ ތެރޭގައެވެ. ކަސްޓަމަސް އިން ބުނީ މިތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1،097 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 877,600.00 ރުފިޔާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved