May 1, 2026
Advertisement
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހިކުމާ އަހްމަދު އައްޔަންކުރެއްވުން --
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހިކުމާ އަހްމަދު އައްޔަންކުރެއްވުން -- / ރައީސް އޮފިސް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހިކުމާ އައްޔަންކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 16, 2025, 10:40 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު ނިޒާރު މިއަދު އައްޔަން ކުރައްވައިފިއެވެ.

Advertisement

ހިކުމާ އެ މަގާމަށް އައްޔަންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލު - އެ ރަސްމިއްޔާތުގައި ހިކުމާއަށް މަގާމުގެ ހުވާލައިދެއްވީ، ހައި ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އެވެ. އެއާ އެކު މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ރައީސް ހަވާލުކޮށްދެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުުރުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އާއި ރައީސް އޮފީހުގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރެއްވި ހިކުމާ އަހްމަދު މީގެކުރިން ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ސިނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމު 2020އިން 2024އަށް އަދާކުރައްވާފަ އެވެ. އަދި ހިކުމާ އަޙްމަދު ވަނީ އެވިޑް ކޮލެޖުން ބެޗެލާ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓުރޭޝަން، ހާސިލުކުރައްވާފަ އެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved