April 29, 2026
Advertisement
"އަދަދަށް" ރޯޅި ބާލަނީ ރިފަރަންޑަމް އިން ބަލިވުމުން: ވަކީލު އަލީ
"އަދަދަށް" ރޯޅި ބާލަނީ ރިފަރަންޑަމް އިން ބަލިވުމުން: ވަކީލު އަލީ / ތޭރަ އޮންލައިން

"އަދަދަށް" ރޯޅި ބާލަނީ ރިފަރަންޑަމް އިން ބަލިވުމުން: ވަކީލު އަލީ

Apr 29, 2026, 05:26 PM
މާލެ ސިޓީ

ޤަޛުފުގެ ތުހުމަތާ އެކު އަދަދު ނޫހުގެ ވެރިންގެ މައްޗަށް ތަހުގީގު ހިންގަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ކަމަށާ އެކަމުގެ ފަހަތުގައި އޮތީ ރެފަރަންޑަމް ވޯޓުން ރައްޔިތުންނަށް ބޮޑު ތަނުން ނޫނެކޭ ބުނި ބުނުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސެއިން ތުހުމަތު ކުރައްވައިފިއެވެ.

Advertisement

އަލީ މިފަދަ ތުހުމަތެއް އަމާޒުކުރެއްވީ، "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ފުލުހަށް ހާޒިރުކުރުމަށް ފަހު ދިން އިންޓަވިއުއެއްގައެވެ.

އަލީ ވިދާޅުވީ ހަގީގަތަކީ ޤަޛުފުގެ ތުހުމަތު އެއްވެސއ އިރަކު އަދަދުން ގެނައި ޑޮކިއުމަންޓްރީގައި ކޮށްފައި ނުވާކަން ކަމަށާ އެހެން އެކަން ކުރިކަމަށް ހައްދަވައިގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ފުޅަށް ކަމަށެވެ.

ސީދާ ޒިނޭގެ ތުހުމަތު ނުކުރާއިރު ޤަޛުފުގެ ތުހުމަތުގައި ތަހުގީގު ނުހިންގޭނެ ކަމަށާ އެހެންކަމުން އެމަނިކުފާނުގެ މުތައްޚަމް މިއަދު ފުލުހަށް ހާޒިރުވެ ހުރީ ހަނު ކަމަށް ވެސް އަލީ ފާހަގަކުރެއްވިއެވެ.

އަލީ ވިދާޅުވީ ހަގީގަތުގައި ޑޮކިއުމަންޓްރީގެ މައްސަލައެއް ތަހުގީގު ކުރާ ނަމަ އެ ތަހުގީގު ފަށަން ވާނީ ޑޮކިއުމަންޓްރީ ދެއްކިތާ ކައިރީގައި ހެން ކަމަށާ ނަމަވެސް އޭގެ އެއް މަސް ދުވަސް ފަހުން ތަހުގީގެއް ފެށިކަން އެންގުމުން ދޭހަ ވަނީ މިއީ ސީދާ ނުފޫޒުގެ ބާރު ބޭނުންކޮށްގެން ކުރިއަށް ގެންދާކަމެއް ކަމަށްވެސް އަލީ ވިދާޅުވެފައިވެއެވެ.

އަލީ ވިދާޅުވީ ހުރިހާވެސް ކަމަކީ ސަރުކާރަށް ދައުރުގެ މެދުން ރައްޔިތުން ނުނެކޭ ބުނުން ކަމަށާ އެކކަމުގެ ރޯލި، ނަމަވެސް ފިޔާޒުއަށާ އަދަދު ނޫހަށް ފޯރުވައިގެން ނުވާނެ ކަމަށެވެ.

އަލީ ވިދާޅުވީ މިއީ މިހާރު ނިމުމާ ގާތްވެފައި އޮތް ސަރުކާރެއް ކަމަށާ ބާކީ އޮތީ ފުރިހަމަ ކުރަން ެހޭ ބައެއް މަރުހަލާތައް ކަމަށެވެ.

އަލީ ވިދާޅުވި ފިޔާޒުގެ މައްޗަށް 7 ތުހުމަތެއް ކުރާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved