ކުރިމިނަލް ކޯޓުގެ އިސް ގާޒީއަށް ފުލުހުން ނުފޫޒު ފޯރުވިކަން ހާމަވުން / ސަން އޮންލައިން
ހަބަރު
ތުހުމަތު ކުރީ ފަނޑިޔާރުންނަށް ނަމަވެސް ނުފޫޒު ފޯރުވީ ފުލުހުން!
07 މޭ 2025
މާލެ ސިޓީ

ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ފިރިރކަލުން ޑރ އިސްމާއިލު ލަތީފު ބަންދުކުރުމުން ކުރިމިނަލް ކޯޓަށް އަޒްރަލްދާއާ އަދި ފަނޑިޔާރު މަހާޒު އަލީ ޒާޙިރުވެސް ނުފޫޒުފޯރުވި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް ނުފޫރު ފޯރުވީ ފުލުހުންކަން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މާލޭގެ ސްޕާއެއް ރެއިޑް ޖަހާ އެތަނުގައި ތިބި މީހުން ހައްޔަރުކުރި އިރު އެތަނުގައި ޑރ އިސްމާއިލުވެސް އެވަގުތު ހުންނެވުމުން އޭނާވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ ނަމަވެސް އޭގެ އަނެއް ދުވަހު މުއްދަތު ޖަހަން ކުރިމިނަލް ކޯޓަށް ގެންދިއުމުން މުއްދަތު ޖެހުމެއް ނެތި އޭނާ ވަނީ ދޫކޮށްލާފައެވެ.

ޑރ އިސްމާއިލު ވިދާޅުވި ގޮތުގައި އެނާއަކީ އާންމުކޮށް ވެސް ބޮޑީ މަސާޖުތައް ނަންގަވާ ބޭފުޅެއް ކަމަށެވެ. ޑރ އިސްމާއިލްގެ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން އަޒްމިރަލްދާއާ މަހާޒު ކުރިމިނަލް ކޯޓުގެ ގާޒީއިންނަށް ގުޅާ ނުފޫޒު ފޯރުވި ކަމަށް ބުނެ ތުހުަތުތަކެއް ފެންމަތިކޮށް އެ ދެ ފަނޑިޔާރުން ޖޭއެސްސީއިން ސަސްޕެންޑުކޮށް މިހާރު އެ ދެފަނޑިޔާރުންވެް މަގާމުން ވަކި ކުރަން ނިންމާފައިވާއިރު އެ މައްސަލައިގެ ރިޕޯޓު ވަނީ މީސް މީޑިޔާގައި ދައުރު ވާން ފަށާފައެވެ.

ރިޕޯޓުން ހާމަވާ ގޮތުގައި އަޒްމިރަލްދާ ވެސް މަހާޒު ވެސް ގާޒީއިންނަށް ނުފޫޒު ފޯރުވަން ކުރި ކަމެއް ނެތެވެ. އެގޮތުން ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ދެއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި މަހާޒް އައްސަވައިގެން ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބު، ޒިހުނީއަށް ގުޅުއްވީ އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލި ފަހުންނެވެ.

ޒިހުނީ ބަޔާނުން ހާމަވާ ގޮތުގައި މަހާޒް އައްސަވައިގެން ސަފްވަތު ޒިހުނީއަށް ފޯނުކުރައްވާ އެއްސެވީ ލަތީފު ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރިތޯ އެކަންޏެވެ. އިތުރު އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ. އަދި، ގާޒީ ސަފްވަތު، ޒިހުނީއަށް ގުޅުއްވިއިރު އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލައިފައިވާކަން ވެސް ބަޔާނުން އެނގެއެވެ.

ނަމަވެސް މިހާރު ދައުރުވަމުންދާ ރިޕޯޓުން ހާމަވާ ގޮތުގައި އިސްމާއިލް ބަންދުން ދޫކޮށްލުމުން އެކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދަށް ފޯން ކޯލްތަކެއް އައި ކަމަށް އޭނާ ތަހުގީގުގައި ވިދާޅުވެފައިވެއެވެ.

"ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާދު އާދަމް މުހައްމަދުގެ ފަރާތުން ލިބުނު މައުލޫމާތަކީ އެ ބޭފުޅާ (ޑޮކްޓަރު އިސްމާއިލް ލަތީފް) ދޫކޮށްލައިގެން, ފުލުހުންގެ ފަރާތުން އިސްގާޒީ އަލްއުސްތާދު އާދަމް މުހައްމަދަށް ފޯން ކޯލްތަކެއް އައި ކަމަށް ބުނެފައިވެއެވެ." ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލަ ތަހުގީގުކުރަން ޖޭއެސްސީއިން ނިންމާފައިވާކަމެއް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved