March 19, 2026
Advertisement
ޣައްޒާ ބޮމުގެ ހަމަލާއަކަށް ފަހު
ޣައްޒާ ބޮމުގެ ހަމަލާއަކަށް ފަހު / އަލްޖަޒީރާ

ގަތުލުއާންމަށް 131 ދުވަސް: ޔަހޫދީން އަންނަނީ ހަނގުރާމަަ ވަރުގަދަކުރަމުން

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 14, 2024, 06:00 PM
ޣައްޒާ

ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލު އާންމަށް 131 ދުވަސްވެފައިވާ އިރު، ޔަހޫދީން ހަނގުރާމަ ވަރުގަދަ ކުރަމުުން އަންނަކަން ހާމަވެއްޖެއެެވެ.

Advertisement

ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ހަނގުރާމައިގައި މިހާރު އެންމެ ނުރައްކާ ބޮޑުވެފައި ވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮންނަ ރަފަހް ސަރަހައްދަށެވެ.

އެ ސަރަހައްދުތަގައި އިސްރާއީލުން ދަނީ ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.

އެގޮތުން ރަފަހްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ވަރަށް ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފއިވާކަމަސް މައުލޫމާތު ލިބެއެވެ.

ގިނަ މީހުން މިހާރު ދިރިއުޅެމުން އަންނަނީ ހޮސްޕިޓަލްތަކުގެ ތެރޭގައެވެ.

އެ ހޮސްޕިޓަލްތައް ދޫކޮށް ދިއުމަކީ އެމީހުން މިހާރު ޖެހިލުންވާ ކަމެއް ކަމަށ ފާހަގަކޮށްފައިވާއިރު، ހޮސްޕިޓަލުން ބޭރަށް ނުކުމެއްޖެ ނަމަ، އިސްރާއީލް ސިފައިން ހަމަލާދީ ޝަހީދުކޮށްލަފާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

އިސްރާއީލްގެ ދެކުނުގައި އޮންނަ ހާން ޔޫނުސް ސިޓީގައި ހުންނަ ނާސިރް ހޮސްޕިޓަލުގައި ތިބި މީހުން އެ ތަނުން ނުކުންނަން އިސްރާއީލުން ވަނީ އަންގައިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved