ވައްޑެ ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
ސަރުކާރުން ހިންގި ހުރިހާ އިންވެސްޓްމަންޓުތައް ފްލޮޕްވެއްޖެ: ވައްޑެ
Mariyam Isaadha
މަރިޔަމް އިސާދާ
21 މާރިޗު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގައި މި ސަރުކާރުން ހިންގި ހުރިހާ އިންވެސްޓްމަންޓުތަކެއް ފްލޮޕްވެ ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

މި ދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ގައުމުގެ އިގްތިސޯދު އޮތް ހާލަތާ މެދު ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، މިއަދު ފެންނަމުން ދަނީ މި ސަރުކާރަށް ޕްރޮޖެކްޓުތައް ހިންގަން ނޭނގި ފެއިލްވަމުން ދާ މަންޒަރު ކަމަށެވެ.

އެގޮތުން ބަންކަރިންގެ ޚިދުމަތްވެސް ސަރުކާރުން ފެށި ނަމަވެސް ކުރިއަށް ނުގެންދެވުނުކަން ފާހަގަކުރައްވާ ވައްޑެ ވަނީ އިކޮނޮމިކު މިނިސްޓަރު ސައީދުވެސް ގައުމުގެ އިގްތިސޯދީ ހާލަތު އޮޅުވާނުލައްވާ ރައީސް މުއިއްޒަށް ވިދާޅުވެދެއްވަން ޖެހޭ ކަމަށެވެ.

ވައްޑެ ވިދާޅުވީ ރައީސް މުއިއްޒު ގައުމު ހިންގަވަން އުޅުއްވަނީ ކަންމަތީ ފިހާރައެއްގެ ވިކުރާ ބަހަލައްޓާވާ އުސޫލުން ކަމަށަ ނަމަވެސް އެހެން ގައުމު ނުހިންގޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން ވަނީ ގައުމުގައި ރައީސުން ވެރިކަން ކުރައްވަންވީ ގޮތުގެ ބެންޗެމާކެއް ޖައްސަވާދެއްވާފައިކަން ފާހަގަކުރައްވާ ވައްޑެ ވިދާޅުވީ އެހެންކަމުްނ ގައުމުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުން އެ ބންޗުން މާކުން ވެރިކަން ކުރަން ފެއްޓެވުމުން ހައްލު ފެނިގެން ދާނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved