ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރަށް ގޮސް ލޭ އަޅާ ކުދިންނާ އެކު ފޮޓޯ ނަގާ މޫނު އެނގޭނެހެން އެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓިގައި ޝާއިއުކޮށްފި / ތޭރަގްރެފިކްސް
ހަބަރު
ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރަށް ގޮސް ލޭ އަޅާ ކުދިންނާއި އެކު ފޮޓޯ ނަގާ އެކުދިން ގެ މޫނު އެނގޭނެނެހެން ފޮޓޯތައް ރައީސް އޮފީސް ވެބްސައިޓުގައި އާންމުކޮށްފި
23 މާރިޗު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ތެލެސީމިއާ ސެންޓަރަށް ގޮސް ލޭ އަޅާ ކުދިންނާއި އެކު ފޮޓޯ ނަގާ އެކުދިން ގެ މޫނު އެނގޭނެނެހެން ފޮޓޯތައް ރައީސް އޮފީސް ވެބްސައިޓުގައި އާންމުކޮށްފިއެވެ.

ކުޑަ ކުދިންނަކީ ކަރާމާތާ ހައްގުތަކެއް ވެސް ގާނޫނުތަކުން ލިބިދީފައިވާ ކުދިންނަށް ވާއިރު އެކުދިންގެ މޫނު އާންމުކޮށް މުޅި ގައުމަށާ ދުނިޔެއަށް ފެންނާނެހެން އެ ކުދިންގެ ފޮޓޯ ރައީސް އޮފީހުގެ ވެބްސައިޓުން އާންމުކުރިއިރު ކޮމިއުނިކޭޝަންސް މިނިސްޓަރު ޚަލީލުއާ އަދި ރައީސް އޮފީހުގެ އިސްވެރިން ކޮބައިކަމާ މެދު ސުވާލު އުފެދެއެވެ.

ކުޑަކުދިންގެ ކަރާމާތް ދެމެހެއްޓުމުގެ ނަމުގައި ރައީސްގެ އާއިލާއިން މިހާރުވެސް ކޯޓަށް މައްސަލައެއް ވައްދައިގެން އުޅޭ ކުޑަކުދިންތަކެއް ޚާއްސަކޮށް ބަލި ކުދިންތަކެއްގެ ފޮޓޯ އާންމުކޮށް ރައީސް މުއިއްޒު ޕްރޮމޯޓުކުރުމަށް ރައީސް އޮފީހުން މިކުރީ ދެރަވަރުގެ ކަމެކެވެ.

ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރަށް މިއަދު ވަޑައިގެންފައިވަނީ ލޭރައްކާ ކުރާ ފިލްޓަރތައް މައްސަލަޖެހި ބުރަ މަސައކްކަތުން ލޭ އަޅަ ކުދިންގެ މައިންބަފައިން ހޯދާ ލޭ ކޮޅު އުކާލާން ޖެހި އަދި ބްލަންޑް ބޭންކުގެ ޚިދުމަތާ ތެލެސީމިއާ ސެންޓަރުގެ ހިދުމަތްވެސް ފެންވަރުދަށްވެ ތަނުގެ ވެރިންގެ އިސްތިއުފާއަށް ބަލި ކުދިންގެ މައިންބަފައިން ހިމެނޭ ރައްޔިތުން ނުކުމެ އިހުތިޖާޖުކުރަން ފެށުމުން އެކަން ކަން ހިންދާލުކަމަށް ގިން ބަޔަކު ތުހުމަތު ކުރެއެވެ.

ތެލެސީމިއީ ކުދިން، ޚާއްސަކޮށް 18 އަހަރު ނުފުރޭ ކުޑަކުދިންގެ ފޮޓޯ އާންމުކޮށް ރައީސް އޮފީހުން މިކުރި ކަންތަކާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިޔާ ދަނީ ރައީސްއަށާ އަދި ސަރުކާރަށް ވެސް ބޮޑެތި ފާޑުކިޔުން އަމާޒުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ހުރިހާ ގާނޫނެއް ނަގަހައްޓާ ދަމަހައްޓަން ޖެހޭ އެންމެ އިސް ފަރާތް ކަމަށްވާއިރު ކުޑަކުދިންގެތަކެއްގ ކަރާމާތް ގެއްލޭނެ ފަދަ އަމަލުކުރެއްވި ސަބަބާމެދު ސުވާލު އުފެދެއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved