March 16, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / މިހާރު

ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރާނެ: މެޓު އޮފީސް

Hussain Nawaf
ހުސައިން ނަވާފް
Mar 31, 2025, 09:21 PM

ދެކުނުގެ ރަށްތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މިޓިއޮރޮލޮގިކަލް ސާވިސަސް މެޓު އޮފީހުން ހާމަކޮށްފިއެވެ.

Advertisement

އެ ސަރަހައްދުގެ ރަށްތަކަށް ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

އެގޮތުން ދެކުނުގެ ރަށްތަކަށް 8 މޭލާއި 18 މޭލާ ދެމެދު ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓުންވަނީ ބުނެފައެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކޮށް ރާޅުތަކުގެ އުސްމިން 3 ފޫޓާއި 5 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ހާމަކޮށްފައެވެ.

މިއަދުގެ ނިމުތަ
މިއަދުގެ ނިމުތަ

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިރުވައި މޫސުމުގައިވެސް ބޯކޮށް ވާރޭވެހުންވަނީ އާންމުވެފައެވެ. އެގޮތުން މި އިރުވައި މޫސުމުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުން އެކި ދުވަސްތަކުގެ މަތީން ލިބުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved