March 16, 2026
Advertisement
އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ މުޝްފިގް
އެ ހާދިސާގައި ގެއްލިގެން ހޯދަމުންދާ މުޝްފިގް / ސޯޝަލް މީޑިއާ

މުޝްފިގު އަދިވެސް ނުފެނޭ: އެމްއެންޑީއެފް

Hussain Nawaf
ހުސައިން ނަވާފް
Apr 5, 2025, 09:41 PM

ލ. އަތޮޅު މާވަށާ މާލެއާ ދޭތެރޭ ދަތުރު ކުރާ މުދާ އުފުލާ ބޯޓެއް ކަމަށްވާ "ހޮޅުދޫ ބޯޓޫ"ގައި ރޯވެ އެ ހާދިސާގައި ގެއްލުނު އަލީ މުޝްފިގު އަދިވެސް ނުފެންނަކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

Advertisement

އެމްއެންޑީއެފުން ހާމަ ކުރާ ގޮތުގައި މުޝްފިގު ހޯދުމަށް ސާފޭސް ސާޗްގެ ގޮތުގައި 92.42 ސްކެއާ ނޯޓިކަލް މޭލު ބަލާފައިވާ ކަމަށާއި ކަނޑުމަގުން ޑައިވްކޮށްގެން 65،100 އަކަމީޓަރު ބަލާފައިވެއެވެ.

ބޯޓުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 21:07 ހާއިރެވެ. އޭރު ބޯޓުގައި 18 މީހުން ދަތުރު ކުރި އިރު 17 މީހަކު ސަލާމަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޑްރޯންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގް ހޯދުމުގެ މަސައްކަތް އަންނަނީ ކުރާކަމަށް މީގެ ކުރިން އެމްއެންޑީއެފުންވަނީ ހާމަކޮށްފައެވެ.

އެ ހާދިސާގައި އަނިޔާވެ ކަނޑޫދޫ ހެލްތު ސެންޓަރުން ވަނީ ދެ މީހަކަށް ފަރުވާ ދީފައެވެ. އަދި ބޭރުފުށުން އަނިޔާ ލިބިފައި ނެތް ކަމަށް ހެލްތް ސެންޓަރުން ބުނެފައިވާކަމަށް މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ.


އެމްއެންޑީއެފްއިން އަދިވެސް އަންނަނީ މުޝްފިގް ހޯދުމުގެ މަސައްކަތް ކުރަމުންކަމަށް ހާމަކޮށްފަވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved