March 16, 2026
Advertisement
މުޝްފިގު ގެއްލިފައިވަނީ 02 އެޕްރިލުގައި
މުޝްފިގު ގެއްލިފައިވަނީ 02 އެޕްރިލުގައި / ސޯޝަލް މީޑިއާ

މުޝްފިގު ހޯދުމުގެ މަސައްކަތް އަދިވެސް ކުރާތީ މަރު ސާބިތުނުކޮށް، މައްސަލަ ބޭރުކޮށްލައިފި

Hussain Nawaf
ހުސައިން ނަވާފް
May 27, 2025, 11:09 PM

ހޮޅުދޫ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިގު ޝަރީފް ހޯދުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން އަދިވެސް ކުރަމުންދާތީ އޭނާގެ މަރު ސާބިތުނުކޮށް، އޭނާގެ އުފަން ރަށް ކަމަށްވާ ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

Advertisement

މުޝްފިގު ގެއްލިފައިވަނީ މާލޭ ދަތުރު ކުރާ ހޮޅުދޫ ބޯޓުގައި ދަތުރު ކުރަމުންދަނިކޮށް، އެ ބޯޓުގައި ހިނގި އަލިފާނުގައި ހާދިސާއެއްގައެވެ. އަލިފާނުގެ ހާދިސާގައި އެ ބޯޓު އަޑިއަށް ގޮސްފައިވާއިރު، ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ނުފެންނަނީ މުޝްފިގު އެކަންޏެވެ.

މުޝްފިގު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށާއި އަދިވެސް އޭނާގެ މަރު ސާބުތު ނުވާ ކަމަށް މާވަށު ކައުންސިލާއި ހަވާލާދީ ވަގުތުގައި މީގެ ކުރިން ވަނީ ރިޕޯޓުކޯށްފައެވެ.

އެ ބޯޓުގައި ހިނގި އަލިފާނުގައި ހާދިސާގައި މުޝްފިގު ގެއްލުނީ 02 އެޕްރިލު ވަނަ ދުވަހުގެރެ އެވެ.

އޭގެ ފަހުން މުޝްފިގު ހޯދުމަށް ކަނޑު މަގުންނާ ވައިގެ މަގުން ވެސް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެ އެވެ.

ނަމަވެސް މުޝްފިގު ފެނިފައިނުވެއެވެ. އެއާއެކު މުޝްފިގުގެ ރަށް މާވަށު ކައުންސިލުން ވަނީ މިއަދު އޭނާގެ ކަށު ނަމާދުކުރަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ޑްރޯންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގް ހޯދުމުގެ މަސައްކަތް ކުރި ކަމަށް މީގެ ކުރިން އެމްއެންޑީއެފުންވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved