theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުޝްފިގު ގެއްލިފައިވަނީ 02 އެޕްރިލުގައި / ސޯޝަލް މީޑިއާ
ހަބަރު
މުޝްފިޤު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ
Hussain Nawaf
ހުސައިން ނަވާފް
21 މޭ 2025

ހޮޅުދޫ ބޯޓު ގައި މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އަލީ މުޝްފިޤު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ބަޔާން ދީފައިވާ ކަމަށް ލ. މާވަށު ކައުންސިލުން ހާމަކޮށްފި އެވެ.

މުޝްފިގު ގެއްލިފައިވަނީ މާލޭ ދަތުރު ކުރާ ހޮޅުދޫ ބޯޓުގައި ދަތުރު ކުރަމުންދަނިކޮށް، އެ ބޯޓުގައި ހިނގި އަލިފާނުގައި ހާދިސާއެއްގައެވެ. އަލިފާނުގެ ހާދިސާގައި އެ ބޯޓު އަޑިއަށް ގޮސްފައިވާއިރު، ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން ނުފެންނަނީ މުޝްފިގު އެކަންޏެވެ.

މުޝްފިގު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށާއި އަދިވެސް އޭނާގެ މަރު ސާބުތު ނުވާ ކަމަށް މާވަށު ކައުންސިލާއި ހަވާލާދީ ވަގުތުގައި ވަނީ ރިޕޯޓުކޯށްފަ އެވެ.

އެ ބޯޓުގައި ހިނގި އަލިފާނުގައި ހާދިސާގައި މުޝްފިގު ގެއްލުނީ 02 އެޕްރިލު ވަނަ ދުވަހުގެރެ އެވެ.

އޭގެ ފަހުން މުޝްފިގު ހޯދުމަށް ކަނޑު މަގުންނާ ވައިގެ މަގުން ވެސް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެ އެވެ.

ނަމަވެސް މުޝްފިގު ފެނިފައިނުވެއެވެ. އެއާއެކު މުޝްފިގުގެ ރަށް މާވަށު ކައުންސިލުން ވަނީ މިއަދު އޭނާގެ ކަށު ނަމާދުކުރަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

ޑްރޯންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގް ހޯދުމުގެ މަސައްކަތް ކުރި ކަމަށް މީގެ ކުރިން އެމްއެންޑީއެފުންވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved