March 16, 2026
Advertisement
މުޝްފިގު ގެއްލިފައިވަނީ 02 އެޕްރިލުގައި
މުޝްފިގު ގެއްލިފައިވަނީ 02 އެޕްރިލުގައި / ސޯޝަލް މީޑިއާ

މުޝްފިގުގެ ކަށު ނަމާދުނުކޮށް ގާޒީގެ ބަސް ހޯދަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Apr 11, 2025, 10:40 PM
މާލެ ސިޓީ

ގެއްލިގެން ހޯދަމުންދާ އަލީ މުޝްފިގު މުހައްމަދު ޝަރީފްގެ މައްޗަށް ކަށު ނަމާދުކުރަން މިއަދު އޮތް އޮތުން ފަސްކޮށް އެކަމުގައި ކޯޓު މެދުވެރިކޮށް، މަރު ސާބިތުކޮށް، އަންނަ ހުކުރު ދުވަހު ކަށޫ ނަމާދުކުރުމަށް ނިންމައިފިއެވެ.

Advertisement

"ހޮޅުދޫ ބޯޓު" ގައި ދަތުރު ކުރަމުންދަނިކޮށް، އެ ބޯޓުގައި ހިނގި އަލިފާނުގައި ހާދިސާގައި މުޝްފިގު ގެއްލުނީ 02 އެޕްރިލު ވަނަ ދުވަހުގެރެއެވެ. އޭގެ ފަހުން މުޝްފިގު ހޯދުމަށް ކަނޑު މަގުންނާ ވައިގެ މަގުން ވެސް އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް މުޝްފިގު ފެނިފައިނުވެއެވެ. އެއާއެކު މުޝްފިގުގެ ރަށް މާވަށު ކައުންސިލުން ވަނީ މިއަދު އޭނާގެ ކަށު ނަމާދުކުރަން ނިންމާ އެކަން އިއުލާންކޮށްފައެވެ.

އެކަމާ ގުޅިގެން އިސްލާމިކު މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވަނީ، އެގޮތަށް އެކަން ނުނިންމޭނެ ކަމަށާ އެކަމުގައި ގާޒީގެ ބަހެއް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން މުޝްފިގުގެ ކަށު ނަމާދު ނުކޮށް މަޑުކޮށްލުމަށް އެދިފައިވެއެވެ.

ޑރ ޝަހީމު މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރާ ކަމަށެވެ. އަދި މުޝްފިގުގެ އާއިލާއާއި ވާހަކަ ދައްކާފައިވާނެ ކަމަށާއި ހާދިސާއާއި ގުޅިގެން އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަމަލުކޮށް، ކޯޓު މެދުވެރިކޮށް މަރު ސާބިތު ކުރުމަށްފަހު، ކަށުނަމާދުގެ ކަންކަން ކުރެވޭތޯ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އުމުރުން 25 އަހަރުގެ މުޝްފިގު ހޯދަން އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު 92.42 ސްކުއެއާ ނޯޓިކަލް މޭލް ވަނީ ބަލާފައެވެ. އަދި ޑައިވްކޮށްގެން ކަނޑު އަޑީގެ 65100 އަކަ މީޓަރު ބަލައިފައެވެ.

މުޝްފިގު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ޑްރޯން ވެސް ބޭނުންކުރިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved