March 19, 2026
Advertisement
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހިސާބެއް ސުންނާފަތިވެފައި
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ހިސާބެއް ސުންނާފަތިވެފައި / ސޯޝަލް މީޑިއާ

ރަހީނު ކުރުމަށްފަހު ހޮސްޕިޓަލް ހުސްކުރަން އިންޒާރުދޭން ފޮނުވި މީހާ ޝަހީދުކޮށްލައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 15, 2024, 06:20 PM
ފަލަސްޠީން

ފަލަސްތީނުގެ ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލު ހުސްކުރަން އިންޒާރުދޭން ބިޑިއަޅުވާފައި ހުރި ފަލަސްތީނުގެ ރަހީނަކު ހޮސްޕިޓަލު ތެރެއަށް ފޮނުވުމަށް ފަހު އިސްރާއީލު ސިފައިން އެމީހާގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައިވާކަން ހާމަވެއްޖެއެވެ.

Advertisement

ނާސިރު ހޮސްޕިޓަލުގެ ޑޮކްޓަރަކު މައުލޫމާތު ދިން ގޮތުގައި ހޮސްޕިޓަލުން ނުކުންނަން އަންގަން ދެއަތުގައި ބިޑިއަޅުވާފައި ހުރި ރަހީނަކު އެމީހުން ފޮނުވިއެެވެ.

އަހަރެމެން ހޮސްޕިޓަލުން ނުކުންނަން އަންގަން ދެއަތުގައި ބިޑިއަޅުވާފައި ހުރި ރަހީނަކު އެމީހުން ފޮނުވި. އެމީހުން ބަޑިޖަހައި އެމީހާވެސް ޝަހީދު ކޮށްލި

އެ ހޮސްޕިޓަލުގައި ހުރި ޑޮކްޓަރު

ޣައްޒާގެ ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުން އަންގާރަ ދުވަހު އިސްރާއީލުގެ ސްނައިޕަރުން ނާސިރު ހޮސްޕިޓަލުގައި ތިބި ތިން މީހަކު ޝަހީދުކޮށްލާފައިވެއެވެ. އެއީ އިންޒާރު ދޭން ހޮސްޕިޓަލުގެ އެތެރެއަށް ފޮނުވި ޒުވާނާވެސް ޝަހީދު ކޮށްލި ދުވަސްކަން ފާހަގަކޮށްލެވެެެއެވެ.

ބައެއް މީހުން ހޮސްޕިޓަލު ދޫކޮށް ގޮސްފައިވާއިރު ބަލިހާލު ބޮޑު އެތައް ސަތޭކަ ބަލިމީހުންނާއި ސިއްހީ އެހީތެރިން އަދިވެސް ހޮސްޕިޓަލުގައި ތާށިވެފައި އެބަތިއްބެވެ.

ޑޮކްޓާސް ވިތްއައުޓް ބޯޑާސް އިން ބުނެފައިވަނީ ހޮސްޕިޓަލުން ނުކުންނަ މީހުންގެ ގަޔަށްވެސް އިސްރާއީލު ސިފައިން ބަޑިޖަހާ ކަމުގެ ރިޕޯޓުތަކާއި އެކީ އެތައް ބަޔަކު ހޮސްޕިޓަލުން ނުކުންނަން ޖެހިލުންވެފައިވެސް އެބަ ތިބި ކަމަށެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 28،176 މީހަކު ވަނީ ޝަހީދު ވެފައެވެ. އަދި މި ހަމަލާތަކުގައި އެކިވަރުގެ އަނިޔާތައް ލިބި 67،784 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved