March 21, 2026
Advertisement
އެއް ދުވަހެއްގައި ރޯވި ދެތަނާ މެދު ސަރުކާރުން ތަފާތުކުރާކަމުގެ ޝަކުވާ!
އެއް ދުވަހެއްގައި ރޯވި ދެތަނާ މެދު ސަރުކާރުން ތަފާތުކުރާކަމުގެ ޝަކުވާ! / ތޭރަގްރެފިކްސް

އެއް ދުވަހެއްގައި ރޯވި ދެތަނާ މެދު ސަރުކާރުން ތަފާތުކުރާކަމުގެ ޝަކުވާ!

Mar 21, 2026, 02:50 PM
މާލެ ސިޓީ

މާރޗު މަހުގެ 18 ވަނަ ދުވަހަކީ މާލޭގައި އަލިފާނުގެ ބޮޑު ދެ ހާދިސާއެއް ހިނގައިގެން ދިޔަ ދުވަހަކަށްވާއިރު އެ ދެ ހާދިސާގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް ތަފާތުކަމުގެ ތުހުމަތާ ޝަކުވާ އާންމުވެއްޖެއެވެ.

Advertisement

އެގޮތުން އެ ދުވަހުގެ ދުވާލުގެ ކުރީކޮޅުގެ ވަގުތެއްގައި ފުރަތަމަ ރޯވި މަރާމާތަށްޓަކައި ހުސްކޮށް ވަގުތީގޮތުން ފަޅަށް ހުރި، ގ. ހިޔާ ރޯދީގައެވެ. އެ ހާދިސާގައި އެ ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. ޑެކް އަލައިގެން ހަތަރު ފަންގި ފިލާއަކަށް އިމާރާތްކޮށްފައި ހުރި އެ ގެ އެނދީ މީހެއްގެ އިހުމާލުން ކަމަށް ގޭގެ ވެރިފަރާތުން ޝައްކުކުރާއިރު ގެ ރޯވުމުގެ ވަގުތުކޮޅެއް ކުރިން އެގެއަށް މީހަކު ވަންނަ މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނެއެވެ.

އެކަމުގެ ފުރިހަމަ ތަހުގީގެއްވެސް ފުލުހުން ނުކުރާކަމަށާ މިހާރު ގެވެސް ވެރިފަރާތަށް ދޫކޮށްލާފައިވާ ކަމަށް މައުލުމާތު ލިބިފައިވެއެވެ. އަނދާ އަޅިއަށްވުމުން އަމިއްލައަށް

ހަމަ އެދުވަހުގެރޭ މ.ތޮއިބާ މިސްކިތް ކައިރީގައި ހުރި ގަސްކާނާ ރައްކާ ކުރާ ގުދަނެއްގައި ރޯވެ އެތަންވެސް ވަނި ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. އެތަނަނީ ކުރީ ޕީޖީ ނިޔާޒުގެ ތަނެއް ކަމަށާ މިހާރު ސަރުކާރުގެ އެހީތެރިކަމާ އެކު ތަން ސާފުކުރަމުންދާ ކަމަށްވެއެވެ.

މިކަމަށް އިޝާރާތްކޮށް ގ.ހިޔާރޯދިގެ ވެރިފަރާތް އާދަމް ސަލީމު ބުނެފައިވަނީ ނިކަމެތި ރައްޔިތުމީހާއަށް ގެއްލުމެއްވެ މުޅި ގެ އަނދާ އަޅިއަށް ވުމުން ގެ އަމިއްލައަށް ސާފުކުރާށޭ ކިޔާ ސަރުކާރުން ހާދިސާ ހިންދާލިއިރު އިއްޒަތްތެރިއަކާ ގުޅުން ހުރި ތަނަކަށް ގުދަން ވުމުން އެތަން ސާފުކުރުމަށް ސަރުކާރުގެ އެހިތެރިކަން ފޯރުކޮށްދިނުމުން ހާމަވަނީ ތަފާތުކުރުން ރައްޔިތުންގެ މެދުގައި ސަރުކާރުން ގެންގުޅޭ މިންވަރު ކަމަށެވެ.

ހަމައެހެން ސަލީމު ތުހުމަތުކުރާ ގޮތުގައި ގޭގައި ރޯވީ މީހެއްގެ އިހުމާލުންކަމަށްވާއިރު ފުލުހުން އެކަން ފުރިހަމައަށް ތަހުގީގުވެސް ނުކުރެއެވެ.

މިކަމާ ގުޅިގެން ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ޚަބަރު ޝާއިއުކުރުމާ ހަމައަށްވެސް ލިބިފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved