March 24, 2026
Advertisement
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޝަކޫރު އަވަހާރަވެއްޖެ
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޝަކޫރު އަވަހާރަވެއްޖެ / ސޯޝަލް މީޑިއާ

ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޝަކޫރު އަވަހާރަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Mar 24, 2026, 01:17 PM
މާލެ ސިޓީ

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ކުރިން އަދާކުރައްވާފައިވާ އަބްދުޝަކޫރު އަބްދުﷲ އަވަހާރަވެއްޖެއެވެ.

Advertisement

މިކަން ހާމަކުރައްވާފައިވަނީ ކުރިން ފުލުހުންގެ އިސް އޮފިސރަކަށް ހުންނެވި ޝަކޫރުގެ ދަރިކަލުން އަހުމަދު ޝުހާދު މީސްމީޑީޔާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝަކޫރު އަވާހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިންޑިއާގެ ބެންގަލޫރުގައި އަންގާރަ ދުވަހުގެ ހެނދުނު 10:15 ހާ ކަންއިރުއެވެ.

ޝަކޫރުގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް އާއިލާއިން ކުރަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ޝަކޫރުއަކީ 43 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުގައި ގައުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭކަލެކެވެ. ފުލުހުންގެ ވަޒީފާއިން އޭނާ ރިޓާޔަރ ކުރެއްވީ 2009 ވަނަ އަހަރުގެ މާރޗު މަހުގެ 5 ވަނަ ދުވަހުއެވެ.

ޝަކުރު އަވަހާރަވުމާ ގުޅިގެން ގިނ ބަޔަކު ގެންދަނީ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ،

ޝަކޫރު ނިޔާވިއިރު އަނބިކަނބަލަކާ 5 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ 3 އަންހެން ބޭފުޅުންނާ ދެ ފިރިހެން ބޭފުޅުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved