
ރިސޯޓެއްގެ ޕޫލަކަށް ވެއްޓި ގެނބިގެން، އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ކުއްޖާ ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ރިސޯޓުގެ ތަފްސީލެއް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަންނަނީ….










