March 16, 2026
Advertisement
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު / ރައީސް އޮފިސް

ސަހްޔޫނީ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު ޕާސްޕޯޓު މަނާ ކުރާ ބިލު ތަސްދީގު ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 15, 2025, 08:21 PM

ސަހްޔޫނީ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

Advertisement


އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ސަރުކާރުން ވަނީ މިހާރު ގެޒެޓުކޮށްފައެވެ. މިއާއެކީ މިއަދުން ފެށިގެން ސަހްޔޫނީންގެ ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވުން މަނާވެގެން ދިޔައީ އެވެ.



ނަމަވެސް އެ ބިލު މިއަދު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ ސަހްޔޫނީ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ ސަހްޔޫނީންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެއެވެ.



ސަހްޔޫނީންގެ ޕާސްޕޯޓު މަނާ ނުކޯށް ދިގުދަންމާ 316 ދުވަސް ފާއިތުކުރުމަށް ފަހު، ފަލަސްތީނުގެ ރައްޔިތުންނާ އެކު އަބަދުވެސް ތިބޭނެ ކަމަށް ބުނާ ޕީއެންސީގެ ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައީސް މުއިއްޒުގެ މަޖިލީހުގެ 241 ކޮމިޓީއަށް، އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ފެށި ނަސްލުހޭދަ ނިންމާ، ހަމަލާތަލާއި ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލްއެވެ.

މި ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މީގެއިތުރުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހެޅުއްވި، ބިލުގައި ޑުއަލް ސިޓިޒަންޝިޕް ގެންގުޅޭ މީހުން ހިމެނޭހެން އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނުވަދެވޭ ގޮތަށް ހެދުމަށް އޮތް ނުކުތާ ވަނީ އުނިކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved