ބ. ކެންދޫ: އާބާދީ 1،400 ގައި މީހުން އެ ރަށުގައި ރޭ ވެސް ބައެއް މީހުން ނިދީ މަގުމަތީގަ / ފޭސްބުކް
ހަބަރު
ރައީސް މުއިއްޒު މެލޭޝިއާ ދަތުރަށް ފުރަނީ، ކެންދޫގައި ކަރަންޓެއް ނެތް..! ރައްޔިތުން ރޭ ވެސް ނިދީ މަގުމަތީގައި!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 އޭޕްރީލު 2025
މާލެ ސިޓީ

ބ. ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރު ހަލާކުވެ، އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު އަދިވެސް އެ މައްސަލަ ހައްލުނުވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހްމާން ބައެއް މީޑިއާ ތަކަށް ވިދާޅުވީ އެ ރަށުގައި 250 ވޯޓުގެ ޖެނަރޭޓަރެއް ބަހައްޓައިގެން ބައެއް ހިސާބުތަކަށް ކޮންމެ ވެސް މިންވަރަކަށް ކަރަންޓު ދެމުންދާ ކަމަށެވެ. އެ ގޮތުން ސަރަހައްދަކަށް ކަރަންޓު ދެމުންދަނީ 15 މިނެޓަށް ކަމަށާއި، އަނެއް 15 މިނެޓު އަނދިރީގައި ތިބެން ޖެހޭ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވިއިރު މިދިޔަ ހައެއްކަ މަސް ތެރޭގައި ވެސް އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވި އެވެ. އެހެންވެ، އެކަން ހައްލުކުރުމަށް ފެނަކާ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާކުރުމުން، ރޯދަ މަހުގެ ކުރިން ހައްލެއް ގެނެސްދޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާބާދީ 1،400 ގައި މީހުން އެ ރަށުގައި ރޭ ވެސް ބައެއް މީހުން ނިދީ މަގުމަތީގަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް ފެނަކައިން މިހާތަނަށް ވާހަކައެއް ނުދައްކައެވެ.

ރާއްޖޭގެ ގިނަ ރައްރަށުން ކަރަންޓް ކެނޑޭ ގިނަ މައްސަލަތައް އަންނަނީ ރިޕޯޓް ކުރަމުން ނެވެ. އެގޮތުން އޭގެ އެއް ރަށަކީ އައްޑޫ ސިޓީ އެވެ. ނަމަ ވެސް މި މައްސަލަތަކަށް ހައްލެއް ހޯއްދަވައި ނުދެއްވާ ރައީސް އުޅުއްވަނީ ބޭރު ގައުމުތަކަށް ދަތުރު ކުރެއްވުމުގައި ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުން ނެވެ.

މިފަހުން އިނގިރޭސިވިލާތުގައި އުޅުއްވުމަށްފަހު ރައީސް މިހާރު ވިސްނަވަނީ މިމަހުގެ 27 ވަނަ ދުވަހު މެލޭޝިއާއަށް ވަޑައިގަތުމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ވަޑައިގަތުމަށްޓަކައި މޯލްޑިވިއަންއިން ވަނީ ދުރާލާ މެލޭޝިއާއަށް މި މަހުގެ 27 އަދި 30 ގައި ދަތުުރުތަކެއް ކުރުމަށް އިއްލާންކޮށްފައެވެ. މޯލްޑިވިއަންއިން މިމަހުގެ 10 ވަނަ ދުވަހު ނެރުނު އިޝްތިހާރުގައި ވަނީ މާލެއިން މެލޭޝިއާ 149 ޑޮލަރަށް އަދި މެލޭޝިއާއިން ރާއްޖެއަށް 124 ޑޮލަރަށް ދެވޭނެ ފެއާއެއް އާއްމުކޮށްފަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved