މާލޭގައި ބޭއްވި ޣައްޒާ އާއި އެކު އުޅަނދު ބުރުގެ ތެރެއިން. / ތޭރަ އޮންލައިން
ހަބަރު
ވީ ފެއިލްޑް ގާޒާގެ ނަމުގައި ހިނގާލުމެއް ބާއްވަނީ
Hussain Nawaf
ހުސައިން ނަވާފް
16 އޭޕްރީލު 2025

"ވީ ފެއިލްޑް ގާޒާ"ގެ ނަމުގައި ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

މިކަން ހާމަވެފައިވަނީ ފޭސްބުކްގައި ދައުރުވަމުންދާ ޕޯސްޓަރަކާއި ގުޅިގެންނެވެ. އެގޮތުން އެ ޕޯސްޓަރުގައި މި ހިނގާލުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 8:00 ގައި މަޖީދީ މަގު ސޯޝަލް ސެންޓަރު ކުރިމަތިންކަން ފާހަގަކޮށްލެވެ އެވެ.

މި ހަރަކާތް އިންތިޒާމް ކުރީ ޔޫތު ފޯ ޔުނިޓީ ޖަމިއްޔާއިންނެވެ.

ވީ ފެއިލްޑް ގާޒާގެ ޕޯސްޓަރު

ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ގެދޮރުން ބޭރުކުރަމުން ސަހްޔޫނީން ގެންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވީ ނަމަވެސް، ދިވެހި ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ބަހަނާ ދައްކަމުން 316 ދުވަސް ވަނީ ފާއިތުކޮށްފަ އެވެ.

އަދި ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން ސަހްޔޫނީ ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ 241 ކޮމިޓީން ނިންމާ އެ ބިލް ތަސްދީގު ކުރިކަން ފާހަގަ ކުރެވެ އެވެ.

ނަމަވެސް ސަހްޔޫނީންގެ ތެރެއިން އެހެން ގައުމެއްގެ ޕާސްޕޯޓު އޮންނަ އެ ގައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ނުކުރަން އިމިގްރޭޝަނުން މަޖިލީހުގައި އެދުނުކަން ފާހަގަކޮށްލެވެ އެވެ.

ސަހްޔޫނީންގެ ތެރެއިން ގިނަ މީހުންނަކީ ޑުއަލް ސިޓިޒަންޝިޕް އޮންނަ މީހުންނެވެ. އެގޮތުން މި އިސްލާހު އިމިގްރޭޝަނުން އެދިފައިވާ ގޮތަށް ފާސް ކުރުމުން އިޒްރޭލުގެ ގިނަ މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުރަހެއް ނޯންނާނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved