April 22, 2026
Advertisement
މިސްރުން ރަފާހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަންނަ ޓްރަކްތަކުގެ ކޮންވޯއީއަކުން މީހަކު އިންސާނީ އެހީ ބާލަނީ
މިސްރުން ރަފާހު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ވަންނަ ޓްރަކްތަކުގެ ކޮންވޯއީއަކުން މީހަކު އިންސާނީ އެހީ ބާލަނީ / ގެޓީ އިމޭޖަސް

އިންސާނީ އެހީ ޣައްޒާއަށް ނުވެއްދޭނެ: ސަހްޔޫނީން

Hussain Nawaf
ހުސައިން ނަވާފް
Apr 16, 2025, 11:19 PM

އިންސާނީ އެހީއެއް ޣައްޒާއަށް ނުވެއްދޭނެކަމަށް ސަހްޔޫނީން ބުނެފިއެވެ.

Advertisement

ސަހްޔޫނީން ވަނީ މާޗް 18 ވަނަ ދުވަހުން ފެށިގެން ޣައްޒާ ހުރަސްކޮށް ވައިގެ މަގުންނާއި ބިމުން ހަމަލާތައް އަލުން ފަށާފައެވެ.

ސަހްޔޫނީން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދޭ މުހިންމު ބައިނަލްއަޤްވާމީ އެހީތައް ވަނުމަށް ހުރަސް އަޅައި ވަރުގަދައަށް ކޮންޓްރޯލް ކުރަމުންނެވެ. އަދި މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީން ވަނީ ޣައްޒާއަށް ވައްދާ އިންސާނީ އެހީއަށް ހުރަސް އަޅާ ބަންދުކުރަމުންނެވެ.

ސަހްޔޫނީންގެ ހަމަލާ އަލުން ފެށިފަހުން އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ގެއްލުމުގެ ސަބަބުން މަގުމަތިވެފައެވެ.

އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފަލަސްތީނުގެ ރައްޔިތުންނާ މެދު ސަހްޔޫނީން ލާޒިމުވާ އިންސާނީ ވާޖިބުތަކުގެ އަޑުއެހުންތައް ހުޅުވާލަން ވަނީ ހަމަޖެހިފަ އެވެ.

އދ.ގެ އާންމު މަޖިލީހުން ވަނީ މިދިޔަ ޑިސެމްބަރު މަހު ސަހްޔޫނީންނާއި ދެކޮޅަށް ގަރާރެއް ފާސްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved