ސީނުކަރައަށް ފުރި ބްރޯޑްކާސްޓަރުންނާއެކު، ބްރޯޑްކޮމްގެ ޓީމު / މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ހަބަރު
ތަމްރީނު ދަތުރެއްގައި ބްރޮޑްކޮމް އަދި މީޑިޔާތައް ޗައިނާއަށް!
17 އޭޕްރީލު 2025
މާލެ ސިޓީ

ތަމްރީނު އާ ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ބްރޯޑްކާސްޓިން ކޮމިޝަން އަދި ރާއްޖޭގެ މީޑީޔާތައް ޗައިނާއަށް ދަތުރެއް ފަށައިފިއެވެ.

މި ދަތުރަކީ ސެމިނަރ އޮން ރޭޑިއޯ އެންޑް ޓީވީ ފޯ ސީނިއަރ ޓެކްނިކް މެނޭޖްމަންޓް ފްރޮމް ޑެވެލޮޕިންގ ކަންޓްރީސް ގައި ބައިވެރިވުމަށް ޗައިނާ އެމްބަސީއިން ދިން ފުރުސަތަކާ އެކު މީޑިޔާތައް ކުރާ ދަތުރެކެވެ. ޗައިނާ ބްރޯޑްކާސްޓިންގ އިންޓަރނޭޝަނަލް އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި ސެމިނަރ އޮންނާނީ މި އޭޕްރީލް މަހު 16 އިން 29 އަށް ބެއިޖިންގައެވެ.

މި ސެމިނަރގައި ބައިވެރިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖަރ / ޓީވީ ޕްރޮޑަކްޝަން އައިޝަތު އަޒްމާ އާއި ސަން ސިޔާމް މީޑިއާގެ ބްރޯޑްކާސްޓް އިންޖިނިއަރ/ ސޮފްޓްވެއަރ ޑެވެލޮޕަރ އަބްދުﷲ އަޒްމާން އާއި ޗެނަލް 13ގެ ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ މުހައްމަދު ޝަހީމް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ސަނިއްޔާ ހުސެއިންއެވެ.

ސެމިނަރގައި މީޑީއާގެ ތަރައްގީ ކުރުމަށް ޕޮލިސީތައް ބައްޓަން ކުރުމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި މެދު ބައިވެރިން ހޭލުންތެރިކޮށް  ބްރޯޑްކާސްޓް މީޑިއާގެ ތަރައްގީއަށް ޗައިނާގެ ތަޖުރިބާ އެ ފަރާތުން ބައިވެރިންނާއި ހިއްސާކުރާނެއެވެ.

މީގެއިތުރުން އެގައުމުގެ މީޑިއާ އިންސްޓިޓިއުޝަންތަކަށް ތަޖުރިބާ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޗައިނާގެ މެއިންސްޓްރީމް ރޭޑިއޯތަކަށް ޒިޔާރަތްކޮށް އެމީހުންގެ އޮޕަރޭޓިންގ މޮޑަލްތައް ދެނެގަތުމާއި މެނޭޖް ކުރާ ގޮތާއި ކޮންޓެންޓް އުފެއްދުމުގައި ގެންގުޅޭ އައު ހިޔާލުތައް ދެނެގަތުމަށް ބައިވެރިންނަށް ފުރުސަތުދޭނެއެވެ.

ސެމިނަރއަށް ދާނެ ފަރާތްތައް ހޮވާފައިވަނީ ޗައިނާ އެމްބަސީން ބްރޮޑްކޮމްއަށް ދިނުމާއެކު، ބްރޯޑްކާސްޓަރުންނަށް ހުޅުވާލައިގެންނެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން ވަނީ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް މިފަދަ ފުރުސަތުތައް ފަހިކޮށްދެއްވާ، އެހީތެރިކަން ޗައިނާ އެމްބަސީގެ ފަރާތުން މި މުހިއްމު މަސައްކަތަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ހައިކޮމިޝަނަރަ ވަންގ ލިޒިންއަށް ބްރޮޑްކޮމްގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ. އަދި ދެފަރާތުން ގުޅިގެން މި ދާއިރާގައި މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމުގައި ވެސް ބްރޮޑްކޮމްއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved