މާލޭ / އަވަސް
ހަބަރު
ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދޭން ފަށައިފި
Mariyam Isaadha
މަރިޔަމް އިސާދާ
18 އޭޕްރީލު 2025
މާލެ ސިޓީ

މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދޭން ފަށައިފިއެވެ.

މިކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނެފައިވަނީ މާލޭ، ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 7:23 އެހާކަންހާއިރު ކަމަށެވެ.

މި ރިޕޯޓާއި އެކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ބުނީ، ވެއްޓިފައި އޮއްވާ ފެނިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.

މިމައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved