މުހައްމަދު މަލީހް ޖަމާލް ޕީއެންއެފް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ދުބާއީ ދަތުރުގައި ވެސް ސަރުކާރުން ހަރަދަކަށް ނުބަލާ: މަލީހް
Aishath Naja
އައިޝަތު ނަޖާ
16 ފެބްރުއަރީ 2024

ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްގެން އެތައް ފަރާތެއް ދުބާއީ އަށް ގެންދިޔުމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީންގެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު ޖަލްސާގައި ކެންޑިޑޭޓަކާއި ސުވާލުކުރުމުގެ ތެރެއިންނެވެ.

އެގޮތުން މަލީހް ވިދާޅުވީ އިނގިރޭސި ބަހުންނާއި އަރަބި ބަހުން ވާހަކަ ނުދައްކާ ބޭބޭފުޅުން ބޮޑެތި އެހެން ގައުމުތަކުގެ ބޮޑެތި ބޭފުޅުންތަކާއި އެކީގައި ބޭއްވުނު ބައްދަލުވުންތަކުގައި ފެނިގެންދިޔަކަމަށެވެ.

ރާއްޖޭގެ އިންވެސްޓްމެންޓް ހޯދާ ކަމުގައިވަންޏާ، އެންމެ ބޮޑު ބޭރުގެ އިންވެސްޓްމެންޓް ގެންނަން ބޭނުންވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް. ފަތުރުވެރިކަމުގެ ވަޒީރު ވެސް ދުބާއީ އަށް ވަޑައިގެން ނަމަވެސް އަނގައިން އެންމެ ވާހަކައެއްވެސް ވިދާޅުނުވެ މިހާރު މިވަނީ ވަޑައިގެންފައި

- މުހައްމަދު މަލީހް ޖަމީލް

މަލީހް ވަނީ ފަތުރުވެރިކަމާއި ބެހޭ ވަޒިރު އިބްރާހިމް ފައިސަލް ދުބާއީ ގައި ބޭއްވުނު އިންވެސްޓްމަންޓަށް ވަޑައިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ މަލީހް ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ސަރުކާރުން ބޭރަށް ބައިވަރު ދަތުރުތައް ކުރައްވަމުން ގެންދަވާތީ ގިނަ ފަރާތްތަކުން އަންނަނީ ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރާކަމަށްވެސް ބުނެ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved