March 16, 2026
Advertisement
މާލެ ސިޓީ
މާލެ ސިޓީ / ކޯޕަރޭޓް މޯލްޑިވްސް

ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން މީހާއަށް ވެންޓިލޭރުގައި ފަރުވާދެނީ!

Apr 20, 2025, 10:50 PM
މާލެ ސިޓީ

މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ހުކުރު ދުވަހުގެ ހެނދުނު ފެނުނު މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ހުކުރު ދުވަހުގެ ހެނދުނު ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އަންހެން މީހާ ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ 7:23 ހާއިރު ކަމަށެވެ.

އަންހެން މީހާ ފުރާޅު މަތިން ނަގާފައި ވަނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެވެ. އަދި ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ އަންހެން މީހާގެ އަދާހަމަ ދެމުން ފުލުހުން ބުނެފައިވަނީ އަންހެން މީހާއަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާ ފަރުވާދެނީ ވެންޓިލޭޓާރުގައި ބާއްވައިގެން ކަމަށެވެ. ނަމަވެސް އިތުރު އެހެން ތަފްސީލެއް ހިއްސާކޮށްފައިނުވެއެވެ.

އެ އަންހެން މީހާ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގުކުރަމުންދާ ކަން ހާމަކޮށްފައިވީ ނަމަވެސް އެމީހާ ވެއްޓެން ދިމާވި ސަބަބުވެސް އަދި ފުލުހުން ހާމަކޮށްފައިނުވެއެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ ވެއްޓުނީ ކުރިމަތީ ހުރިގޭގެ 9 ވަނަ ފަންގިފިލާއިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved