March 19, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސޯޝަލް މީޑިއާ

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 21, 2025, 11:09 PM

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.2 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފިއެވެ.

Advertisement



ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ތިން ޓީ-ބިލެއް ވިއްކާފައިވެއެވެ.



މީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 57 މިލިއަން ރުފިޔާގެ ޓީބިލަކާއި މިއަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 772.8 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން އަންނަ އަހަރުގެ އެޕްރީލް 20 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 450 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މި ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.87 އިންސައްތަ އާއި 4.6 އިންސައްތައާ ދެމެދުގައެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.

ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved