March 19, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.8 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފި

Hussain Nawaf
ހުސައިން ނަވާފް
May 20, 2025, 10:00 PM

ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.8 ބިލިއަން ރުފިޔާ ޓީބިލް ވިއްކައިފިއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ވިއްކި ޓީބިލާ ބެހޭގޮތުން އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ޖުމްލަ ހަތަރު ޓީ-ބިލެއް ވިއްކާފައިވެ އެވެ.

މީގެ ތެރޭގައި އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ 175 މިލިއަން ރުފިޔާގެ ޓީބިލަކާއި މި އަހަރުގެ އޮގަސްޓް 26 ގެ ނިޔަލަށް އަނބުރާ ދައްކާ 418.4 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

މީގެ އިތުރުން މި އަހަރުގެ ނޮވެމްބަރު 17 ގެ ނިޔަލަށް އަނބުރާ ދައްކަންޖެހޭ 989.8 މިލިއަން ރުފިޔާގެ ޓީބިލަކާއި އަންނަ އަހަރުގެ މޭ 18 ގެ ނިޔަލަށް އަނބުރާ ދައްކާ 2.24 ބިލިއަން ރުފިޔާގެ ޓީބިލެއްވެސް ހިމެނެ އެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

މި ޓީބިލްތަކުގެ ފައިސާ ދައްކަން ޖެހޭ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.



ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.



ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.



ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved