March 19, 2026
Advertisement
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ / ސަން

ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

Hussain Nawaf
ހުސައިން ނަވާފް
Apr 30, 2025, 10:37 PM

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި 2.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Advertisement



ފިނޭންސް މިނިސްޓްރީންވަނީ ހަތަރު ޓީބިލެއް ވިއްކަން އިއުލާން ކޮށްފައެވެ. އެއީ، 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ހަތަރު ޓީބިލެކެވެ.



މީގެ ތެރޭގައި ހިމެނެނީ 730 މިލިއަން، 100 މިލިއަން، 447 މިލިއަން އަދި 924 މިލިއަން ރުފިޔާ ޓީބެލެވެ.



މި ޓީބިލުތައް ބިލުތައް ވިއްކަން ނިންމާފައިވަނީ 3.50، 3.87، 4.24 އަދި 4.60 އިންސައްތައިގެ އިންޓަރެސްޓް ރޭޓުތަކުގައެވެ.



މި ޓީބިލްތަކުގެ ފައިސާ ދައްކަން ޖެހޭ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.



ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.



ޓީ-ބިލްއަކީ ގަވަމަންޓް ސެކިއުރިޓީގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ. ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.



ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ޓީބިލުތައް ވިއްކަމުންދާ އިރު ގިނަ އަދަދެއްގެ ރައްޔިތުން މި ސަރުކާރު ސިފަ ކުރަނީ ހަރަދު ކުޑަ ކުރުމުގައި ނަމުގައި އައި މަތި ބަރު ސަރުކާރެއްގެ ގޮތުގައެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved