ފިނޭންސް މިނިސްޓްރީ / ސަން
ހަބަރު
ހަރަދުތައް ހަމަޖައްސަން 1.6 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ހުޅުވާލައިފި
Hussain Nawaf
ހުސައިން ނަވާފް
28 މޭ 2025

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.6 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 271.5 މިލިއަން ރުފިޔާގެ ޓީ ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 374.2 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެއެވެ.

މީގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 474.2 މިލިއަން ރުފިޔާގެ ޓީ ބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 523.5 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކަންވެސް ވަނީ އިއުލާނުކޮށްފައެވެ.

ޓީ ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގައެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީއެކެވެ.

ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved