ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން / ފޭސްބުކް
ހަބަރު
އިޒްދިޔާނަށް މުއިއްޒު ސަރުކާރުން ވަޒީފާދިންއިރު މަސްތުވާތަކެތީގެ ރެކޯޑް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 އޭޕްރީލު 2025
މާލެ ސިޓީ

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުން ވަކިކުރި އިޒްދިޔާން މުހައްމަދު މައުމޫންގެ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ފުލުހުން ބުނެފި އެވެ.

އިޒްދިޔާނަކީ ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ރޭ ޕާޓީކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަ ކުރިއިރު އޭގެ ތެރޭގައި އިޒްދިޔާން ހިމެނެއެވެ. އިޒްދިޔާންއަކީ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. އަދި އެ ރޭ ޕާޓީ ކުރި ކަމަށް ތުހުމަތު ކުރެވެނީ އަމީންމެންގެ އާއިލީގެ, މއ. މާންދޫގޭދެކުނުގޭގައެވެ. އިޒްދިޔާންގެ ވެސް ރަޖިސްޓްރީ އޮންނަނީ އެގޭގައެވެ.

ހަމަ އެ ގެއަށް ނިސްބަތްވާ, ޔޫސުފް އަޙްމަދު އަކްރަމް ވެސް އެ ރޭގެ ޕާޓީގައި ބައިވެރިވި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

އެ ރޭ ޕާޓީކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކުރިއިރު އިޒްދިޔާންގެ އިތުރު ތަފުސީލުގެ ގޮތުގައި ފުލުހުން ހާމަކޮށްފައިވަނީ 2015 އިން 2017 އަށް މަސްތުވާތަކެތީގެ މައްސަލައިގެ ރެކޯޑް އެބައޮތް ކަމަށެވެ.

އެހެންކަމުން, ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން, އިޒްދިޔާނަށް ރައީސް އޮފީހުން އިސް މަގާމެއް ދެއްވިއިރު ފުލުހުންގެ އަތުގައި އޭނާގެ ކުށުގެ ރެކޯޑް އޮތްކަން މިކަމުން ސާފުވެއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ގިނަ ތުހުމަތުތަކެއް އިޒްދިޔާންއަށް އަމާޒުވެފައި ވަނިކޮށް ރައީސް އޮފީހުން އޭނާ ވަކިކުރި ސަބަބެއް މިހާތަނަށް ސާފުކޮށްދީފައެއް ނުވެ އެވެ.

ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ ހުކުރު ދުވަހު ހެނދުނު އެވެ. މި މައްސަލައިގައި އޭނާއާއެކު އުޅުނު މީހާ ހައްޔަރެއް ނުކުރެ އެވެ.

އިސްކަންދަރުކޮށީގައި މިހާރު ކުރިއަށް ގެންދާ ޕްރެސް ކޮންފަރެންސްގައި ވަނީ، ގ. ރަނައުރާގެއާގެ، ޔުމްނު، 21 އާއެކު، މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅުނު ނުވަ މީހުންގެ ނަމާއި ފޮޓޯ އަދި އެޑްރެސް އާއްމުކޮށްފަ އެވެ. އެ މީހުންނަކީ؛

- ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ

- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް

- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ

- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ

- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު

- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު

- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި

- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެގޮތުން ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ރޭ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

ހ. ފެންޓޯނިއާގޭގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން، ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ވެއްޓި އެ ޒުވާނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ. އޭނާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved