March 20, 2026
Advertisement
  އުސްތާޒް އަހްމަދު ތޯލިބު
އުސްތާޒް އަހްމަދު ތޯލިބު / ތޭރަ އޮންލައިން

މިއަދު ފެނިގެން ދަނީ ވެރިކަން ކުރާ ފަރާތުން ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ މަންޒަރު: ތޯލިބު

Hussain Nawaf
ހުސައިން ނަވާފް
Apr 25, 2025, 03:52 AM

މިއަދު ފެނިގެން ދަނީ ވެރިކަން ކުރާ ފަރާތުން ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރާ މަންޒަރުކަމަށް ގާނޫނީ ވަކީލު އަހްމަދު ޠާލިބު ވިދާޅުވެއްޖެއެވެ.

ޠާލިބު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް13 އިން ގެނެސްދޭ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީން މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް ހޯދުމަށްފަހު ވަނީ ފްލޯ ކްރޮސިންގ ގާނޫނެއް ފާސްކޮށްފައެވެ. މި ގާނޫނުގެ ދަށުން ޕާޓީން ވަކި ކުރުމުން ނުވަތަ ވަކި ވުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެއެވެ.

އެގޮތުން މިފަދަ ގާނޫނުތަކަކީ އާންމުކޮށް ބަރުލަމާނީ ނިޒާމުގައި ބޭނުން ކުރާ ގާނޫނުތަކެއްކަން ތޯލިބުވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި ފްލޯ ކްރޮސިން ގާނޫނެއް ފާސް ކުރި ފަހުން މަޖިލިސް މެމްބަރުންގެ ކޮންޓްރޯލް ވެރިކަން ކުރާ ބާރުން ނަންގަވާފައިވާކަމަށް ތޯލިބު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަކީ ރިޔާސީ ނިޒާމް ބޭނުން ކުރާ ގައުމެއްކަން ފާހަގަކޮށް މިފަދަ ގާނޫނެއް ރާއްޖެއަށް ބޭނުންވޭ ތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ޠާލިބު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒަށް ނާކާމިޔާބުވާނެ ދުސްތޫރީ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށް ޕެރެލައިޒްކޮށްލާފައިވާކަން ފާހަގަ ކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved